© ދިވެހި ލިރިކްސް
އެންމެ މަގުބޫލު
1
ފިލާނެތޯ ލޯތަކުން މިފޫދޭ
2
ދޮން ކަނބުލޮ ނިދާލާށޭ
3
އިތުރު ރަސޫލާ
4
ނަބީ އަމީނޭ
5
ޙަސްބީ ރައްބީ ޖައްލަﷲ - حَسْبِیْ رَبِّی جَلَّ اللّٰہ
އެންމެ ފަހުގެ
1
ރީތީގެ ރާނީ އުޖާލާ
2
ކުރަންވީއޭ ދުޢާ
3
އޭނަބިއްޔާއޭ ސޮލާތާ
4
ޤައުމަށްޓަކާ ދީނަށްޓަކާ
5
އުދަރެސް
މި ސައިޓުގައި ބޭނުންކޮށްފައިވާ ލިރިކްސް، ފޮޓޯ އަދި ވީޑިއޯ ފަދަ ތަކެތީގެ މިލްކުވެރިކަން ވަނީ އޭގެ ޙައްޤުވެރި ފަރާތްތަކަށެވެ. އަދި މިސައިޓުގައިވާ އެއްވެސް ކޮންޓެންޓެއް ވިޔަފާރީގެ ގޮތުގައި ބޭނުން ނުކުރުން އެދެމެވެ.
ޢީދު އައީ ހިނިތުން ވަމުން
ރާގު: -
ޅެން: ޅެންވެރިޔާ ނޭނގޭ
ޢީދު އައީ ހިނިތުން ވަމުން
މީރުވަހުން ޖައްވު ހުވަނދު ލަމުން
ރީތިވިހާ ލަވަ ކިޔަމުން
މާމަލުގާ ނަލަ ކުލަ ޖައްސަމުން
ރަމަޟާން މަހުގެ ހަނދާން ކުރަމުން
އެމަހުގެ ހެޔޮހާ ދަރުމަ ތަކުން
މިފަދަ އިތުރު ހެޔޮކަން ލިބުމުން
ޝުކުރާއެކު ހިތްތައް ފުރަމުން
މިފަދަ އަނެއް ފުރުސަތު އެދެމުން
ޢީދު އައީ .......
ޢީދު އައީ އަދު ޢީދު އައީ
ވީ އުފަލުން ބައްދަލުވެލަނީ
މީރު ކެއުންތައް ކައި ހަދަނީ
ރީތި ގުޅުންތައް އާކުރަނީ
އެކުވެރިކަން އާލާ ކުރަމުން
ޢީދު އައީ .......
ކުޅިވަރުތައް މިއަދާ ގުޅިގެން
ކުޅެ ހެދެޔޭ މިގޮތުން ގުޅިގެން
މުޅި ރަށުގާހެން އޮތް އަޚުކަން
އޮޅުމެއްނެތި ދޭ ހާމަވަމުން
ކަޅުހާ ކަޅުކަން ސާފުވަމުން
ޢީދު އައީ .......