އެރޭ ހާދަ ރުއިމޭ ހަނދާންވޭ އެމަންޒަރު
ދުށީ ދާދި ކައިރިން ނިދާލާފަ ވާތީ
ހިތަށް ކެތް ނުވީއޭ ފުރާ ލޯވި ކަރުނުން
ހުރީ ރޯލަރޯލާ ހަނދާން އާވަނީއޭ
ހީލާނުހޭ އެއްފަހަރު ހީލަދީ
ހިތް ހީވިޔޭ ކިޔާރޮނީ ވަކިނުވޭ
ނުލިބޭނެ އަލުން ހިތަކަށް އުފަލެއް
ހިނިތުންވެ ގޮވާހެން ހީވެ ދުރުން
ބަލާލީމަ ތަސްވީރު ހަނދާން އާވަނީއޭ
ދުށީ ދާދި ކައިރިން ނިދާލާފަވާތީ
ވިއްސާރަ ތޫފާނަކަށްވީ އެރޭ
ގިސްލާ ރޮވޭ ވީގޮތުންނޭ އެރޭ
ފެނުމެއް އަލަކުން ހަމަ ގައިމު ނުވޭ
ގެންދާށޭ ރޮމުން ބުނެލީމެއެކީ
ހުރީ ކާކުހޭ އަދު މިތާ ހެޔޮއެދޭނޭ
ދުށީދާދި ކައިރީ ނިދާލާފަވާތީ
އެރޭ ހާދަ ރުއިމޭ
ހަނދާންވޭ އެމަންޒަރު
ދުށީ ދާދި ކައިރިން
ނިދާލާފަ ވާތީ