އޭ ނަބިއްޔާ އަށް ސަލާމޭ، އޭ ރަސޫލާ އަށް ސަލާމޭ،
އޭ ޙަބީބަށް މާތް ސަލާމޭ، ޞަލަވާތާ އިޙްތިރާމޭ،
އޭ ނަބިއްޔާ އަށް....
ލޯތަކާ ހިތްތަކުގެ ނޫރޭ، އިރު ހަނދާ ތަރިތަކުގެ ނޫރޭ،
ޢަރުޝިޔާ ކުރުސީގެ ނޫރޭ، ތިޔަ ވިދާ ނޫރަށް ސަލާމޭ،
އޭ ނަބިއްޔާ އަށް...
އޭ ޘަނިއްޔަތުން ވަދާޢީ، ހަނދު އެރީ ފުރިހަމަ ހިދާއީ،
ތަރްބަތަށް އަލި ކޮށްލުމުންތިޔަ، ރޯޝަނީ ބަދުރަށް ސަލާމޭ،
އޭ ނަބިއްޔާ އަށް...
މާތް މުވާޚާތުން އަތާއަތް، ގުޅުވަމުން ލޯބިން ހިތާހިތް،
ކުރުވަމުން ހިނިތުން ނަޞީބާ، ނަޞްރު އައި ސިއްރަށް ސަލާމޭ
އޭ ނަބިއްޔާ އަށް...
މިދުނިޔޭގައި ވެސް އިމާމޭ، ދެދުނިޔޭގައިވެސް މުޢީނޭ،
ޙަޝްރު ގައި އަޅަމެންގެ އެދުމޭ، އޭ ޝަފީޢަށް ހެޔޮ ސަލާމޭ،
އޭ ނަބިއްޔާ އަށް....
ޚައިރުމަޤްދަމް ގައި މިދީނާ، ފަރިވެލީ އުފަލުން މަދީނާ،
މާމަލުން ގަތުމުން ޢަބީރީ، އެންމެފަރި ވެދުމާ ސަލާމޭ
އޭ ނަބިއްޔާ އަށް....