ފެނިގެން ތިހެން އައީމާ
                ރާގު: ގަރްތުމް ބުލާ ނަދޯގޭ
        
        ފެނިގެން ތިހެން އައީމާ
ނުކެރޭނެ ދެރަކުރާކަށް
ބުނެދޭނަމޭ އެދޭ ގޮތް
ބުނެދޭނަމޭ އެދޭ ގޮތް
މާދުރުގަ އެކަނި ހުއްޓާ
ފުރަގަސް ދެމުން ގޮވާލީ
ހީލީމަ ނޫންހެ ސިހިގެން
އަހަރެން ފަހަތް ބަލާލީ
ރުހުނީމަތާ އައިސްފާ
ކޮނޑުގާ މަގޭ ޖަހާލީ
ފެނިގެން ތިހެން އައީމާ
ނުކެރޭނެ ދެރަކުރާކަށް
ބުނެދޭނަމޭ އެދޭ ގޮތް
ބުނެދޭނަމޭ އެދޭ ގޮތް
ކައިރިން ތި އަތުގަ ހިފުނީ
ހިނިތުންވެފާ ހުރީމާ
ލޮލުގާ ތިވާ އަސަރަކުން
ތެދެކޭ ފިސާރި ޗާލޭ
ބުނެލާހިތުން ހުރީމޭ
އަހަރެންގެ ހިތް ޤަބޫލޭ
ފެނިގެން ތިހެން އައީމާ
ނުކެރޭނެ ދެރަކުރާކަށް
ބުނެދޭނަމޭ އެދޭ ގޮތް
ބުނެދޭނަމޭ އެދޭ ގޮތް
ފަރުދާ ހިތުގެ ނަގާފާ
އަދު ހާމަކޮށް ދިނީމާ
އުފަލުން ހިތަށް މިވާވަރު
ކިހިނެއް ކިޔާލަދޭނީ
ބައިވެރިއަކަށް ހެދީތީ
އެކުގާ އުޅެން ހުރީމޭ
ފެނިގެން ތިހެން އައީމާ
ނުކެރޭނެ ދެރަކުރާކަށް
ބުނެދޭނަމޭ އެދޭ ގޮތް
ބުނެދޭނަމޭ އެދޭ ގޮތް
ފެނިގެން ތިހެން އައީމާ
ނުކެރޭނެ ދެރަކުރާކަށް
ބުނެދޭނަމޭ އެދޭ ގޮތް
ބުނެދޭނަމޭ އެދޭ ގޮތް