ހޭވާ ހޭވާ

ރާގު: އަމިއްލަ

ހޭވާ ހޭވާ ނެތިހޭ މިދަނީ
ހޭ ފަހެ މަ ދެނެއް ނުވިހާނޭ

ފަން ފެން ތަށްޓަށް ނުހަލާ މިވަރޭ
ކަން މިޔެ ނުއެގޭ މޮޔަ ތަކުނޭ
ތައް މާގިނަ ކަށި ހޯދައިގެން
ފަންޑިތަ ދަނޑުމަތިބެ ހަދާށޭ

ރަން އަފުނަ ފުރާ ބޭނުން ނަމައީ
ފެންނަން އަހަރެން އޮތް ހިނދުގާ
ގެން މާ ކަށިލާ އުމަރު ކަތީބާ
ފެންތަށްޓެއް ބޮޑު ކިޔަވާށޭ

މަންމާ އަހަރެން ވޭތޯ މިނަޖާ
ތަންމަތި މައްޗަށް ގެން މަ އަރާ
ކަންފަތް ކައިރީ އިނދެގެން އަހަރެން
ޔަންމާ ޖާފަނު ކިޔަވާށޭ

މަރިޔާޒު މަތީ މީނދަ ކަތީބާ
މަރިސާދު މަރާ ގެން މަ ހިފާ
މަރިޔަން މާ ފެންތަށްޓަށް ލައިގެން
މަރިޔަމް ސޫރަތް ކިޔަވާށޭ

ފުޅަކަށް ދަރި އެރި ނަމަ ހުރި ތިޔައީ
ހުޅަނގަށް ތިޔައިން ބާއެކަތީ
މުޅައަށް ނުވަނީސް މިކަމުން އަހަރެން
އުޅަލެއް ރަން އަތުމަ އަޅާށޭ

ބިސްމިން އިޤުރައު ހަތްދިހަ ފަހަރަށް
ވިސްނުންތެރި ބާ މީނދަ ކަތީ
ފިސްފިސް ނުވަނީސް މިކަމުން އަހަރެން
އިސްމުލް އައުޒަމް ކިޔަވާށޭ

ސަހަރޯ ވަޅުލަން ތައްޔާރު ކުރަން
ދަހަރޭ ދައިތާ މަންމަ ބަލާ
ފަހުނޭވާ ހޮޅިއަށް އެޅިމިދަނީ
އަހަރެން ވާ ކުދިކުދި ވެއްޖޭ

މި ސައިޓުގައި ބޭނުންކޮށްފައިވާ ލިރިކްސް، ފޮޓޯ އަދި ވީޑިއޯ ފަދަ ތަކެތީގެ މިލްކުވެރިކަން ވަނީ އޭގެ ޙައްޤުވެރި ފަރާތްތަކަށެވެ. އަދި މިސައިޓުގައިވާ އެއްވެސް ކޮންޓެންޓެއް ވިޔަފާރީގެ ގޮތުގައި ބޭނުން ނުކުރުން އެދެމެވެ.

info@dhivehilyrics.com

އިން

އެކު