ހިތާއޭ ތިޔަ ހިތްއެދޭ

ރާގު: ބަތާއޯ ތުމް ކޯންހޯ

ހިތާއޭ ތިޔަ ހިތްއެދޭ
ޒުވާނާ ބުނެދީބަލާ
ހަގީގީ މިތުރާ މަގޭ
ވެވުނު އެ ދިވާނާ
ހިތާއެ މޭ ހަރުވަމުން
ހިތާއެ އޮވެލާ މަޑުން
ހިތާއެ ކެކުޅުން ލިބޭ
ނުވަން މަ ދިވާނާ

ފުރަގަސް ދިނީ ބޭނުންހޭ އިތުބާރު ދޭނަން
ލޯބިންނެ އިއްވާ އިއްވާ ދޭށޭ ބުނާނަން
ފުރަގަސް ދެވޭހާވަރުވޭ ހިނިތުންވެލީހޭ
ނޫނޭ ނުހުރެވޭ ދުރުގާ އަތުގާ ހިފީހޭ
އޭ.......
ނަޒަރު ތިޔަހަރަ ބެލުން
ހިތާ ކުޅެލައިފިއޭ
ހަގީގީ މިތުރާ މަގޭ
ވެވުނު އެ ދިވާނާ

ދެން އާނއެކޭ ބުނެލާތޯ އެގޮތަށް ރުހޭނީ
ގަހަކުން މަލެއް ބިނދެދީފާ ދެން ބޮލަށް ޖަހާދީ
މިލާ މޯޅިވާނޭ މަލާ ކުޅޭކަށް ނުވާނޭ
ފިޔަތައް އެކީ ވެރޭނޭ ބީހިލަން ކެރޭހެން
އޭ.......
ސަމާސާ ނުކުރާށެ ދެން
މަލާމާތް ނުކުރާސެ ދެން
ހަގީގީ މިތުރާ މަގޭ
ވެވުނު އެ ދިވާނާ

މި ސައިޓުގައި ބޭނުންކޮށްފައިވާ ލިރިކްސް، ފޮޓޯ އަދި ވީޑިއޯ ފަދަ ތަކެތީގެ މިލްކުވެރިކަން ވަނީ އޭގެ ޙައްޤުވެރި ފަރާތްތަކަށެވެ. އަދި މިސައިޓުގައިވާ އެއްވެސް ކޮންޓެންޓެއް ވިޔަފާރީގެ ގޮތުގައި ބޭނުން ނުކުރުން އެދެމެވެ.

info@dhivehilyrics.com

އިން

އެކު