© ދިވެހި ލިރިކްސް
އެންމެ މަގުބޫލު
1
ދޮން ކަނބުލޮ ނިދާލާށޭ
2
އިތުރު ރަސޫލާ
3
ފިލާނެތޯ ލޯތަކުން މިފޫދޭ
4
އީމާނޭ ހިތުގާ އާލާވަނީ
5
ނަބީ އަމީނޭ
އެންމެ ފަހުގެ
1
ރީތީގެ ރާނީ އުޖާލާ
2
ކުރަންވީއޭ ދުޢާ
3
އޭނަބިއްޔާއޭ ސޮލާތާ
4
ޤައުމަށްޓަކާ ދީނަށްޓަކާ
5
އުދަރެސް
މި ސައިޓުގައި ބޭނުންކޮށްފައިވާ ލިރިކްސް، ފޮޓޯ އަދި ވީޑިއޯ ފަދަ ތަކެތީގެ މިލްކުވެރިކަން ވަނީ އޭގެ ޙައްޤުވެރި ފަރާތްތަކަށެވެ. އަދި މިސައިޓުގައިވާ އެއްވެސް ކޮންޓެންޓެއް ވިޔަފާރީގެ ގޮތުގައި ބޭނުން ނުކުރުން އެދެމެވެ.
ހިތްރޯތީ ކެތްނުވޭ
ރާގު: ލިކްކޭ ޖޯ ޚަތް ތުޖޭ
ޅެން: ޅެންވެރިޔާ ނޭނގޭ
ހިތްރޯތީ ކެތްނުވޭ ހަނދާނަށް އާދެޔޭ
ލިޔާ ލެއިން މިއީ ސިޓީއޭ އަންގަމޭ
ކަލާޔަށް ހެޔޮ ދުޢާ ސަލާމް ފޮނުވަމޭ
ޖަވާބު އާދޭތޯ ހުރީމޭ އަންގަމޭ
ލިޔާ މިބަޔާން ކިޔާ ދޫންޏާ
ހަނދާން ވޭހޭ އެހީވީރޭ
ކަލާ ފެނުމުން ހިތޭ ދޫވީ
ނައޭ ނިންޖެއް އެ ފިނިވީރޭ
މިހިތް ޢިޝްޤުން ވިޔޭ ތެމިފޯ
ވެހުނުރޭ މެންދަމު އެ ވާރޭ
ފިހެންވީހޭ އަނދަންވީހޭ
ހިތުގެ ހޫނުން މި ޕަރުވާނާ
ފެތުރިދާމީ ހިތުގެ އާރޭ
އުތުރި ލޯބިން މަގޭ ޖާނާ
ހިތާރޫޙާ ވަނީ މަސްތޭ
ޒުވާން ލޯބިން ވެ ދީވާނާ
އެދޭ ޔާރެއް ނުވޭ ގައިމޭ
ތިބާ މެނުވީ ނުދަންނަމުހޭ
ވަމޭ ޤުރުބާން ބުނަންތޯއޭ
މަށާ ލޯބިން ގުޅޭނަންހޭ
ހުރީ މިތުރާ ހުރެދޭތޯ
ތިބާ ހިތް ފަހެ ނުދޭނަންހޭ