ހުވަފެން ދެކޭނީ ހިއްސާ ކުރާނީ
ޚިޔާލު ކިޔައިދީ ހިތާ ހިތް ގުޅާނީ
ވަޢުދާ ހުވާކޮށް އަތާ އަތް ޖަހާނީ
ލޯބީގެ ނަމުގާ މި ސަފުޙާ ލިޔާނީ
ދާނީ މިހެން ފުން ލޯބި އަންގާ
މިސްރާބުންނޭ ބެހިގެން މިދުނިޔޭން
ޒުވާން ހިތް ފުރޭތޯ ހިނގާށޭ ދެވޭތޯ
މިނަވުގާ އޮމާން ބަނދަރަކަށް އަމާން
ހުވަފެން ދެކޭނީ ...
އަނދިރީގާ އިހުސާސް ވީމާ
ޔާރާގެ ނޭވާ ބީހިލީމާ
ލެޔާ މޭގެ ހިނގުމާ ހިތުގަވާ އެތެޅުމާ
ބަދަލުވޭ މުޅިން ނުހުރެވޭ ރުޅީން
ހުވަފެން ދެކޭނީ ...
މާފު ކުރާށޭ ކެތް ނުކުރެވޭހާ
ލޯބި ވެވިއްޖޭ ހައިރާން ވާހާ
ދުޢާވެސް ކުރާނީ އަބަދުވެސް އެދޭނީ
އެކީގާ ވުމޭ އެކީ މަރުވުމޭ
ހުވަފެން ދެކޭނީ ....