ހުވަފެން ޙަޤީޤަތޭ މީ އުފާދޭ ޚިޔާލަކީ
އުފަލުން މިރޭ ފޮޅޭނޭ އުފާދޭ ޚިޔާލަކީ
ދެކެމޭ އުފާ ބަހާރުގެ އަސްލޭ އެއީ ކަލާ
ކުރެވޭ މި އިންތިޒާރުގެ ފޮނިކަން އެއީ ކަލާ
އަމުދުން ތި އިޝާރަތަކީ އުފާދޭ ޚިޔާލަކީ
އުފަލުން މިރޭ ފޮޅޭނޭ އުފާދޭ ޚިޔާލަކީ
ނޫންތޯ ދެވޭނެ އެއްވަނަ ދުނިޔޭން މިއީ ތެދޭ
އާއޭ ނުދޭނަމޭ ވަނައެއްދެން އެހެން ތެދޭ
ދެކެމޭ ތިދިން ޚަބަރަކީ އުފާދޭ ޚިޔާލަކީ
އުފަލުން މިރޭ ފޮޅޭނޭ އުފާދޭ ޚިޔާލަކީ
ދޭށޭ އުފާ ޙަޔާތުގެ އަބަދަށް ދެކޭނެހޭ
ދުނިޔޭން މިދޭ ހިތާމަަކުން ދެން ފިލާނެހޭ
އަސްތާ މި މުޙައްބަތަކީ އުފާދޭ ޚިޔާލަކީ
އުފަލުން މިރޭ ފޮޅޭނޭ އުފާދޭ ޚިޔާލަކީ