© ދިވެހި ލިރިކްސް
އެންމެ މަގުބޫލު
1
ދޮން ކަނބުލޮ ނިދާލާށޭ
2
އިތުރު ރަސޫލާ
3
ފިލާނެތޯ ލޯތަކުން މިފޫދޭ
4
އިސްނެންގެވި މާތްވީ ސާހިބުން
5
އެ މުޙައްމަދުލް އަމީނޭ
އެންމެ ފަހުގެ
1
ރީތީގެ ރާނީ އުޖާލާ
2
ކުރަންވީއޭ ދުޢާ
3
އޭނަބިއްޔާއޭ ސޮލާތާ
4
ޤައުމަށްޓަކާ ދީނަށްޓަކާ
5
އުދަރެސް
މި ސައިޓުގައި ބޭނުންކޮށްފައިވާ ލިރިކްސް، ފޮޓޯ އަދި ވީޑިއޯ ފަދަ ތަކެތީގެ މިލްކުވެރިކަން ވަނީ އޭގެ ޙައްޤުވެރި ފަރާތްތަކަށެވެ. އަދި މިސައިޓުގައިވާ އެއްވެސް ކޮންޓެންޓެއް ވިޔަފާރީގެ ގޮތުގައި ބޭނުން ނުކުރުން އެދެމެވެ.
އިނގޭ ބޭކަލުންނޭ ބޮނިއެއް މަ ނޫނޭ
ރާގު: މުޖޭ ދުނިޔަވާލޯ ޝަރާބީ ނަސަމްޖޯ
ޅެން: ޅެންވެރިޔާ ނޭނގޭ
ލަލަލަލަލަލަލަލަލަލަ
ލަލަލަލަލަލަލަލަލަލަ ޝް......
ހްމހްމްހްމްހްމްހްމްހް އައް
އިނގޭ ބޭކަލުންނޭ ބޮނީއެއް މަ ނޫނޭ
މިމީހުންގެ ބާރުން ބޮވޭގޮތްވަނީއޭ
ނުބޯން ގަދަހެދީމޭ ނުބޯން ދުވެފިލީމޭ
އެމީހުން ނުދޫކޮށް މިކަން ކުރުވަނީއޭ
ނަށާއިރު މިޙާލުން އެނގޭ އަދި ޚަބަރުވޭ
ވަރަށް ގިނަބަޔަކު ބޮއެ އުޅޭކަން ދޮގެއްހޭ
ވަނީ ބަޔަކު ހިއްކަށް ބަޔަކުދެން ދިޔާކޮށް
ބަލާބެލުމަކުންވާ އޮޅުން ނުފިލަނީއޭ
އިނގޭ ބޭކަލުންނޭ ......
ފެނޭ ބޮއެ ހަދާތީ އުފާތައް ލިބޭތޯ
ފެނޭ ބޮއެ ހަދާތީ މޮޅިން މިންޖުވޭތޯ
ބޮނީ އެއްބައެއްވާ ލެޔޭ ދަންނަވަންތޯ
ފަރަގަކަސް މި މަސްތޭ މިޔަށް އާދަވީއޭ
އިނގޭ ބޭކަލުންނޭ ......
ޒަމާނާ އެކީގާ މިކަންތައް ދިރޭތީ
އަހާ މިތިބެނީވާ ތަލިން ކުޅު ހިކޭތީ
އެދުނިޔޭން މިދުނިޔޭން މިތިބަ ގެއްލިދާތީ
ދެލޯފުރަފުރާފާ ރޮވޭ ގޮތްވަނީއޭ
އިނގޭ ބޭކަލުންނޭ ......