© ދިވެހި ލިރިކްސް
އެންމެ މަގުބޫލު
1
ދޮން ކަނބުލޮ ނިދާލާށޭ
2
އިތުރު ރަސޫލާ
3
ފިލާނެތޯ ލޯތަކުން މިފޫދޭ
4
ނަބީ އަމީނޭ
5
ޙަސްބީ ރައްބީ ޖައްލަﷲ - حَسْبِیْ رَبِّی جَلَّ اللّٰہ
އެންމެ ފަހުގެ
1
ރީތީގެ ރާނީ އުޖާލާ
2
ކުރަންވީއޭ ދުޢާ
3
އޭނަބިއްޔާއޭ ސޮލާތާ
4
ޤައުމަށްޓަކާ ދީނަށްޓަކާ
5
އުދަރެސް
މި ސައިޓުގައި ބޭނުންކޮށްފައިވާ ލިރިކްސް، ފޮޓޯ އަދި ވީޑިއޯ ފަދަ ތަކެތީގެ މިލްކުވެރިކަން ވަނީ އޭގެ ޙައްޤުވެރި ފަރާތްތަކަށެވެ. އަދި މިސައިޓުގައިވާ އެއްވެސް ކޮންޓެންޓެއް ވިޔަފާރީގެ ގޮތުގައި ބޭނުން ނުކުރުން އެދެމެވެ.
އިންތިޒާރުގެ ގިޓާ ހިތުތެރޭގާ
ރާގު: -
ޅެން: އާދަމް ނަސީރު އިބްރާހިމް
އިންތިޒާރުގެ ގިޓާ ހިތުތެރޭގާ
ތިންހަތަރު ރާގު ކުޅެޔޭ އެކީގާ
ވިންދުތައް އެބަ ނަށާ އަރިކަށީގާ
ދޮންލުނބޯފުޅު ވަނީ ބޮލުތެރޭގާ
ކޮންމެ ހިއްސެއްގެ އެކި ދިހަ މަތީގާ
ފުން ހަނދާންތައް ރޮނީ ބުރިކަށީގާ
ކުއްޖަކަށް ނަންކިޔަން ކެއްކިޔަސް
ތިޔަ ނަމޭ ހަމަ ހިތަށް އަންނަނީ
ލޭބަރަކު ގެއްލިގެން ހޯދިޔަސް
ތިޔަ ނަމޭ ހިތުތެރޭ އެނބުރެނީ
ތިޔަ ހަނދާނުން ހަނާވެއްޖެ މޭގަނޑު
ޅިޔަ އަޅާ ޒަޚަމްކޮށް ހިތް އެކީގާ
ކާށިކިބައެއް ލޮލަށް ފެނިލިޔަސް
ތިޔަ ލޮލޭ ހަމަ ހިތަށް ފެންނަނީ
ގުޑުގުޑާއެއްގެ އަޑު އިވިލިޔަސް
ތިޔަ އަޑޭ ކަންފަތަށް ހީވަނީ
ތާށިވެއްޖޭ ޅަގޮނޑި ޖެހި މި ކޮޅިގަނޑު
އާހުގާ ގިސްލެވޭ މާނިދީގާ
މާމަ ގެންގުޅުނު ހުނިގޮނޑި ބަލަން
ކޮންމެ ދުވަހަކު މަ އެގެއަށް ދަމޭ
ޗާލު ތިޔަ ހަށިގަނޑާ އެއްގޮތޭ
އޭގެ ކިއްސަރު އިނގޭ ބުނެދެމޭ
ޙަލު ހުރިގޮތް މިއޭ މިހިނދު އަޅުގަނޑު
ފާލު ނެއްޓިއްޖެޔޭ ޖެހި ލަކީގާ