ކާއިނާތޭ އެކީ އަންތަރީސް ވީ

ކާއިނާތޭ އެކީ އަންތަރީސްވީ
ތޫނު ހަނދުވެސް ލަދުންގޮސް ނިވާވީ
މޫނު ބަބުޅާލި ހައެ
މުނު ބަބުޅާލި ހޫރޭ ތިބާއީ
ރީތި ޝާހީ ދެނޫރޭ ވިދާލީ

ހާދަ ހީވޭ ބެލީމާ ހެވޭހެން
އާއެކޭ ލޯމަރާފާ ބުނާހެން
މާމަޑުން ހިއްސުތަކުގާ ވިކާހެން
ވިންދު ހޭލާ ޣީޒާއޭ ދިރާލީ

ތޫނުފިލި ލޭކޮކާލޭ ކަލާތީ
މަސްތުވާހާ އުފާދޭ މަލޭތީ
ދޭނުހޭ ހިތްއެދޭހާ ތަސައްލީ
ގާތުގާ ސިއްރުސިއްރުން އަހާލީ

ލޯބިވާތީ ދުރާލާ ބެލީމޭ
މޯޅިނުވަނީސް ލިބޭތޯ ހުރީމޭ
ދާނުގާ ބާއްވަވާތޯ އެހީމޭ
މާފު ނުދިނީވެތޯ އިސްޖަހާލީ

މި ސައިޓުގައި ބޭނުންކޮށްފައިވާ ލިރިކްސް، ފޮޓޯ އަދި ވީޑިއޯ ފަދަ ތަކެތީގެ މިލްކުވެރިކަން ވަނީ އޭގެ ޙައްޤުވެރި ފަރާތްތަކަށެވެ. އަދި މިސައިޓުގައިވާ އެއްވެސް ކޮންޓެންޓެއް ވިޔަފާރީގެ ގޮތުގައި ބޭނުން ނުކުރުން އެދެމެވެ.

info@dhivehilyrics.com

އިން

އެކު