ކައިވެނީގެ އަމާޒު

ކައިވެނީގެ އަމާޒު ކަމުގައިވާ ޙަޤީޤަތަކީ ކޮބާ؟
ރާވަމުންދާ ރޭވުމަށް އެއަރާ ބުރޫ ތަކަކީ ކޮބާ؟
ނާވަމުންދާ ގޮތްތަކުން އެނގިދާ އެނގުންތަކަކީ ކޮބާ؟
ދާވަމުންދާ ސާފު ހިތަކަށް ވާނެ ގޮތަކީވެސް ކޮބާ؟

ލޯބި ދެހިތެއް ގުޅުވުމުން ފުރަތަމަ ހިފޭނެ އަމާޒަކީ
ލޯބިވެތި ކައިވެންޏެކޭ މީ ކަންހިނގާ ޤާނޫނަކީ
ލޯބިވެތި އުއްމީދުތައް އެހިނދުން ލިބެންވެސް ފެށުމަކީ
ލޯބިވެތިކަން ރަމްޒުކޮށްދޭ ސިއްރެކޭ އެހެނަސް ކޮބާ؟

ކީއްވެހޭ އެކަކަށް ބަދަލު މިގޮތަށް ހަމަ އަންނަނީ؟
ކީއްވެހޭ މިއަމާޒުގާ ހުންނަން މި ނޭނގޭގޮތްވަނީ؟
ކީއްވެހޭ މިކަމާމެދަށް އެއްވެސް ސުވާލެއް ނުކުރަނީ؟
ކީއްހެ ވިސްނާލުން ޒަވާޖުގެ އަސްލު މަގުސަދަކީ ކޮބާ؟

ވާނެކަންކަން ހުންނަނީ ނޭނގުމުގެ ތެރެއަށް ގެއްލިފާ
ވާނެޔޭ އެހެނެއްކަމަކު ދީފާ ވެދިޔަތަން ތަޖުރިބާ
ދާނެޔޭ ލިބެމުން އެއިން ޢިބުރަތްތަކެއް އަގުހުރި އެހާ
ވާނެނަމަ ތެދުވެރިޔަކަށް ނުދެވޭނެ އިތުބާރެއް ކޮބާ؟

މި ސައިޓުގައި ބޭނުންކޮށްފައިވާ ލިރިކްސް، ފޮޓޯ އަދި ވީޑިއޯ ފަދަ ތަކެތީގެ މިލްކުވެރިކަން ވަނީ އޭގެ ޙައްޤުވެރި ފަރާތްތަކަށެވެ. އަދި މިސައިޓުގައިވާ އެއްވެސް ކޮންޓެންޓެއް ވިޔަފާރީގެ ގޮތުގައި ބޭނުން ނުކުރުން އެދެމެވެ.

info@dhivehilyrics.com

އިން

އެކު