ކަލާ ދުށްފަހުންނޭ ތެދޭ އެނގުނީ މިކަންވެސްހިލާ
މިމޭގާ ހިތެއްވާކަމާ ހިތް އެބަތެޅޭކަން ހުވާ ... ހޮއެ

ކަލާ ދުށްފަހުންނޭ ތެދޭ
ވި އިޙުސާސަކުން ހިތް މިރޭ ކުރަމޭ ކުރީގާ ނުވާ
ލެޔާވިންދު ހޫނޭވަނީ އަންދާ މި އަލިފާނުގާ ... ހޮއެ
އަޖައިބެއް ނުވޭހޭ ކަލާ ހިނގާ ލޭގެ މިންވަރުބަލާ
މިމޭގާ ހިތެއްވާކަމާ ހިތް އެބަތެޅޭކަން ހުވާ ... ހޮއެ
ކަލާ ދުށްފަހުންނޭ ތެދޭ
ނަގާ އަދު މިދެވެނީ ހިތޭ ދެންވެސް މި ހަދިޔާ ހިފާ
އަދޭސް މިކުރަނީ ކިހާ ތިއޮމާން ދެފައިގާ ހިފާ ... ހޮއެ
މިހިތަށް ޝިފާއެއް އަދާ ކޮށްދީ ކަލާވެސް ދުޢާ
މިމޭގާ ހިތެއްވާކަމާ ހިތް އެބަތެޅޭކަން ހުވާ ... ހޮއެ
ކަލާ ދުށްފަހުންނޭ ތެދޭ
ދިވާނާވެފާވާމިއީ އިންސާނެކޭ ދުރުހިލޭ
އަންގައިފި ލޯބިން ޚަބަރު ނޭރެއް ހިނގާހާ މިލޭ ... ހޮއެ
އަސްތާ ނުދާށޭ މަލާ ފުރަގަސް ދިނީމާ ކަލާ