ކަސަބުން ބޯވަޅު ކުރި ޖަރީހެދުން އަޅަމުން އަންނާށޭ
އަސަރީ ލޯބިން މާ ގަޔާވެޔޭ އަވަހަށް އަންނާށޭ
ހަސަނާތު ތަރި ފަދައިން ބެބުޅުން ތަކުން ފެނޭ
މަގުގާ ހިނގާފާދާއިރު ފޭލީގެ ކަންގަނޑުގެ ހަމައިން
އަޑުރީތި ފައްޓަރުބަޔަކާ ދެއުޅާގަނޑުން ކީ ރާގުން
އެކުގާ ފަރިހި ބަޅިނދާ ކޮކާ ކިޔަމުން ދެޔޭ ނަށަމުން
ފަރިކަން އެވާ އިސްތަށިތައް ފަޅިއިން ރުމާ ބަނދެލާފާ
އަލި ރަންމުތީގެ ވިދުންތައް ތުނި ކަންފަތުން ފެނިލީމާ
ދަތިހިތް މަދެން ކުރުވާ ގޮތުން ދެވިދާނެ ހިތް މިނަގާ
ބަނޑިޔާ ކިހިލިލާ ދާއިރު ސޫރަވި ނަމޫނާ ތެދެކޭ
ބަގިޔާގެ ފަންނީ ހުނަރުން ސިހުމެއް ލިބުން މީކަމެކޭ
ބަނދި ރައިވަރުން ލިޔެ ޝާއިރުން ފުރިދާ ޚަޒާނާއޭ