ކީފަހު މަށަށް ރަން
ވީއުފަލުގާ ތީމުއު ދެބެއިންނަށް
ދީނާރު ހާސް މަ ބަހާނަން
އައި އަތޮޅު ހުރިހާ ރަށްރަށަށް
އަރިއިން ބިލެއް މަ ބަހާނަން
އަރިހަށް މަށަށް ދެވުނިއްޔާ
ކީފަހު ....
ދޮޅު ލައްކަ ޙައްޖުވެރިންގެ މެދުގާ
މޮޅު ސައެއް މަ ބަހާނަން
ކޮޅުމަގު ލޮލަށް ފެނުނިއްޔާ
ކީފަހު ....
ހިތަދޫ އެމާތް ދޮންވެލި ތުނޑީ
ހިތްތަލަ ދެގަސް މަ ޖަހާނަން
ހިތަކަށް މަށަށް ލިބުނިއްޔާ
ކީފަހު ....