ކީކޭހޭ ބުނާނީ ވަކިވީމާ
ހައްޔަރު ވެވުނީއޭ ލޯބީގާ
އެ ޚިޔާލު މިރޭ އުފެދުނީމާ
މާޔޫސް ވަނީއޭ ލޯބީގާ
މިހާވަރު މިވީ ހީނުވީތީ އަނބުރާ
އަތުލާނޭ ހިތާމޭ ދީފާވާ
ޖަޒުބާތާ ޝުޢޫރާ އިޙުސާސާ
އުއްމީދާ ޝިފާ ދީފާވާ
އަދު ގިސްލާ ރޮވެނީ ބީވީމާ
އޮޅުވާލީ ދަތުރޭ ލޯބީގާ
އެ ޚިޔާލު މިރޭ އުފެދުނީމާ
މާޔޫސް ވަނީއޭ ލޯބީގާ
ކީކޭހޭ ބުނާނީ ވަކިވީމާ
ހައްޔަރު ވެވުނީއޭ ލޯބީގާ
ދެލޯނޭދި އެދެމޭ ބުނީ ކީއްހޭ
ރޮއެރޮއެފާ ފިރުމީ ވީ ކީއްހޭ
ލާޗާރުވެ އޮވެލީ ނޭނގޭހޭ
ވަރުބަލިވީ ފިނީގާ ވީ ކީއްހޭ
ހުރިގޮތްމީބާއޭ ނަސީބޭ މީ
ފީނާށޭ މިޖެހުނީ ލޯބީގާ
އެ ޚިޔާލު މިރޭ އުފެދުނީމާ
މާޔޫސް ވަނީއޭ ލޯބީގާ
ކީކޭހޭ ބުނާނީ ވަކިވީމާ
ހައްޔަރު ވެވުނީއޭ ލޯބީގާ