އެ ކީއްވެހޭ ނިވާވަމުން އެ ހަނދު ފިލީ
ރީތި ސާފު މޫނަކާ ސުވާލުކުރޭ
ކީއްވެހޭ ހިޔާވުމުން އެ މާ މިލީ
ރީތި ހުސްކުރާ މަލާ ސުވާލުކުރޭ
މޭގެ އެދުމެކޭ މި ބީހިލީމަ އާވަނީ
ކޮންމެ މިނިޓަކަށް ހިތޭ އަވަސްވަމުން ދަނީ
ކީއްވެހޭ ހިތަށް މިހެން މިގޮތްވަނީ
ހަށިގަނޑާ ހިތާ ކަލާ ސުވާލުކުރޭ
ކީއްވެހޭ ބަލަން މިތާ ކެތް ދެން ނުވީ
ހިއްސުތައް އެވާ ގަޔާ ސުވާލުކުރޭ
ނާރުތަކުގަ ލޭ ހިނގާނެ ބާރަކީ ތިޔޭ
ލޭހިނގާ މިހިތުގަވާ ނަސީބަކީ ތިޔޭ
އެކީއްވެހޭ މިތަންބަލަން އެހަނދު ހުރީ
ރީތި ސޫރަޔާ ކަލާ ސުވާލުކުރޭ
ކީއްވެހޭ ހިތަށް މިހެން މިގޮތްވަނީ
ހަށިގަނޑާ ހިތާ ކަލާ ސުވާލުކުރޭ