އާއާއާ......
ކުރީގާ ލޯބިވޭ ބުނެފައި
މަށަށް އޮޅުވާލަނީ ހެއްޔޭ
ރުޅީގާ ހިތް މަގޭ ރޮށްވާ
ވަރަށް އަނިޔާ ދިނީ ނޫންހޭ
ކުރީގާ.......
ތިއީ ހަނދެކޭ މި ދުނިޔޭގައި
ވަރަށް ލޯބިން ބުނާވަރުވޭ
ތިއީ ފިނިފެންމަލެއް ހެއްޔޭ
އެރޭ ސިއްރުން އަހާލީމޭ
ވިދާލާ ރަންމުތެއް ފަދައޭ
ދިމާވީމާ ހިތަށް އަރައޭ
ކުރީގާ.......
ހުވާކޮށްފާ ބުނާވަރުވޭ
ކަލާ ތީ ހިތުގެ މަލަކާއޭ
ބުނާހިތްވޭ ޖަވާހިރަކަށް
ވިއަސް ވާނީ ކަލާ ނޫންހޭ
ގުލާނެއްހެން އުޅެން ޖެހުނަސް
ފުރާނަ އެކީ ދިނީސް ނޫންހޭ
ކުރީގާ.....
ވަރަށް އަނިޔާ ތަކެއްދިނުމުން
ތި ހިތް ހަމަ ޖެހިލަނީ ތާއޭ
ވަރަށް ތަދުވޭ ހިތަށް މިގޮތަށް
އުޅެން ޖެހުމުން އުފާވޭހޭ
މަރަށް އޮވެވެސް ބުނާހިތްވޭ
ކަލާ ތީ ހިތުގެ ނޫރާއޭ
ކުރީގާ ......