ކުރި ޚިޔާލު ހިތުގެ ނޫރާ
އޯ... ކުރި ޚިޔާލު ހިތުގެ ނޫރާ
އަދި ވިންދު މީ ޝުޢޫރާ
އަދު މާތް ގުޅުން ގުޅިގެން ވަނީ
ލޯބީގެ ބާރު ފޯރާ
ކުރި ޚިޔާލު .....
ކަރުނައިގާ ލޯ ފުރޭމީ
އިންސާފު އޮޔާ ދާތީއޭ
އިންސާފު އޮޔާ ދާތީއޭ
އައި ޒަމާނާ މީ ޙާލަތު
ދުނިޔޭގެ ބަދަލު ވާތީއޭ
ދުނިޔޭގެ ބަދަލު ވާތީއޭ
ބުނެ ސާފުކޮށް ބުނި ތެދުބަހެއް
ނެތި އޭގެ ބާރު ފޯރާ
އޯ ... ކުރި ޚިޔާލު .....
އެކި ރޭރޭ ހަނދުވަރުގާ
އެކުވެރިކަން ވޭ ކިޔާދީފާ
އެކުވެރިކަން ވޭ ކިޔާދީފާ
ހެކިވާށޭ މިތުރާއޭ
ކިޔާ އެކުގާ ލަވަ ކިޔާދީފާ
ކިޔާ އެކުގާ ލަވަ ކިޔާދީފާ
ސީދާ ދެހިތް އޯގާވޭ
ވާހިނދު އިރު ހަނދު ދައުރާ
އޯ ... ކުރި ޚިޔާލު .....