ލޯބިން ކަލާ ދެކޭހިތްވޭ

އޯހޯހޯ.............

ލޯބިން ކަލާ ދެކޭހިތްވޭ
ފެނުމުން ނިކަން އުފާވެސްވޭ
ލޯބިން ކަލާ ދެކޭހިތްވޭ
ފެނުމުން ނިކަން އުފާވެސްވޭ
ތިޔަލޯބި މޫނުގާ ބީހިލަން މަށަށް
ދޭނުތޯ އަހާހިތްވޭ
ތިޔަނަން ދުލުން ކިޔާހިތްވޭ
އޯހޯހޯ.............

ރޭގަނޑަށް ނުނިދި ދާނުގާ މައޮވެ
ހާދަ ފިކުރު ކުރެވޭ
ރޭދުވާ ގުނަން ތިޔަ ޚިޔާލުގާ
ރޯލަ ރޯލަ ހުރެވޭ
ލޯބިވާވަރުން ކެތްނުވޭ މަށަށް
ހިތްހަލާކު އެބަވޭ
އިންތިޒާރުގާ ކެތްކުރަން މަށަށް
ހާދަހާ އުނދަގުވޭ
ތިޔަ ސޫރަ ފެނުމުން ވާވަރު
އަންގައިދޭ ހިތްވޭ
ލޯބިން ތިމާ ބިންނަން އަދު
ފާޅުގަ ދާހިތްވޭ
ހިނިތުންވެފަ ގާތުގަ ހުންނަން
ހިތް އަދު ލޯބިން ބޭނުންވޭ

ލޯބިން ކަލާ ދެކޭހިތްވޭ
ފެނުމުން ނިކަން އުފާވެސްވޭ
ތިޔަލޯބި މޫނުގާ ބީހިލަން މަށަށް
ދޭނުތޯ އަހާހިތްވޭ
ތިޔަނަން ދުލުން ކިޔާހިތްވޭ

ހީވެޔޭ ކަލާ ހީލަފާނެހެން
މާދުރުން މަ ފެނިފާ
ހުންނަމޭ ބަލަން ލޯބިވާވަރުން
ދާގޮތުން ފަރިވެފާ
ލޯބިވާ ވަރެއް ގާތުގާ ބުނަން
ހިތްރޮނީ ނުކެރިފާ
ލޯބިވާގެ ހިތް ގެއްލިދާނެތީ
ހުންނަމޭ ދެރަވެފާ
ރޮއެރޮއެ މަ ހުންނަންވީހޭ
ހިތްވަރު ދޫކޮށްފާ
ބޭޒާރު ކޮށްލާނަންހޭ
ހިތް މޮޔަކޮށްލާފާ
ނިމިގެން އަދު ހިތްދަތިކަންލިބި
ދާންވީބާއޭ ފަސްދީފާ

ލޯބިން ކަލާ ދެކޭހިތްވޭ
ފެނުމުން ނިކަން އުފާވެސްވޭ
ތިޔަލޯބި މޫނުގާ ބީހިލަން މަށަށް
ދޭނުތޯ އަހާހިތްވޭ
ތިޔަނަން ދުލުން ކިޔާހިތްވޭ
އޯހޯހޯ.............

މި ސައިޓުގައި ބޭނުންކޮށްފައިވާ ލިރިކްސް، ފޮޓޯ އަދި ވީޑިއޯ ފަދަ ތަކެތީގެ މިލްކުވެރިކަން ވަނީ އޭގެ ޙައްޤުވެރި ފަރާތްތަކަށެވެ. އަދި މިސައިޓުގައިވާ އެއްވެސް ކޮންޓެންޓެއް ވިޔަފާރީގެ ގޮތުގައި ބޭނުން ނުކުރުން އެދެމެވެ.

info@dhivehilyrics.com

އިން

އެކު