ދިވެހި ލިރިކްސް

© ދިވެހި ލިރިކްސް

ހ
ށ
ނ
ރ
ބ
ޅ
ކ
އ
ވ
މ
ފ
ދ
ތ
ލ
ގ
ޏ
ސ
ޑ
ޒ
ޓ
ޔ
ޕ
ޖ
ޗ
ޙ
ޚ
ޢ
ޣ
ޠ
ޘ
ޡ
ޤ
ޛ
ޞ
ޝ
ޟ
ޜ
ޥ

އެންމެ މަގުބޫލު

1

ދޮން ކަނބުލޮ ނިދާލާށޭ

2

އިތުރު ރަސޫލާ

3

އިސްނެންގެވި މާތްވީ ސާހިބުން

4

އެ މުޙައްމަދުލް އަމީނޭ

5

ފިލާނެތޯ ލޯތަކުން މިފޫދޭ

އެންމެ ފަހުގެ

1

ޤައުމަށްޓަކާ ދީނަށްޓަކާ

2

އުދަރެސް

3

އޭނަބިއްޔާއޭ ސޮލާތާ

4

ފަތިހުގެ މުދިމާ ބަންގި ދިނީމާ

5

ވަޑައިގަންނަވާށޭ ކުލާހަށް އަސާސީ

މި ސައިޓުގައި ބޭނުންކޮށްފައިވާ ލިރިކްސް، ފޮޓޯ އަދި ވީޑިއޯ ފަދަ ތަކެތީގެ މިލްކުވެރިކަން ވަނީ އޭގެ ޙައްޤުވެރި ފަރާތްތަކަށެވެ. އަދި މިސައިޓުގައިވާ އެއްވެސް ކޮންޓެންޓެއް ވިޔަފާރީގެ ގޮތުގައި ބޭނުން ނުކުރުން އެދެމެވެ.

އެކު

އިން

info@dhivehilyrics.com

މަގޭ މާޒީ

ރާގު: ހުވާހޭ އާޖް ޕެހެލީބާރް

ޅެން: އާރް ބީ އައި (މަލިކު)

މަގޭ މާޒީގެ ވީގޮތަކީ
މަގޭ މުނިޔާ މަށައި ވަކިވީ
އެހެން ނަމަވެސް މަގޭ ހިތް އަދު
އަލުން ގުޅުމޭ މިއަދު އެދެނީ
ހުވާކޮށްފާ ބުނަންހޭ އަދު
މެޔަށް ތަދުވޭ އިވޭ ހިނދު ނަން
ތިބާ ނެތުމުން މަ ކައިރީގާ
މިދުނިޔޭން ވަކިވުމޭ އެދެނީ

އާޢާ ހާ ހާ ...............

ކީއްވެހޭ ޔާރުވީ ވަކިވީ
ވީގޮތެއް ބުނެބަލާ ޔާރާ
ޖެހޭ ވައިރޯޅި ހެކިވާނޭ
ތިބާދެކެވީ ވަފާ ލޯތްބޭ
ކީއްވެހޭ ޔާރުވީ ވަކިވީ
ވީކުށެއް ބުނެބަލާ ޔާރާ
ޖެހޭ ވައިރޯޅި ހެކިވާނޭ
ތިބާދެކެވީ ވަފާ ލޯތްބޭ
ސީދާ ހަގީގަތް ނެތް ބުނެވެން މިއާއީ
ވަކިވީމަކާ ދެންނެތް ބޭނުމެއް ކިޔާ
އެއިތުބާރާ ހުވާކޮއްފާ
ތިބާ ތިޔަ ނުރުހިފާ ދިއުމުން
މަށާއެކުގާ އުޅެން ބުނެފާ
ޙަޔާތުން ވަކިވެފާ ވީތީ
މިދުނިޔޭގާ ހުރުން ބޭނުން
ނެތޭ މިތުރާ ތި ނުލިބެންޏާ
ތިބާ ނެތުމުން މަ ކައިރީގާ
މިދުނިޔޭން ވަކިވުމޭ އެދެނީ

ބަލަން އާޝޯޚުވޭ މުޅިހިތް
ހުރުން މަޖުބޫރު ކުރުވާތީ
މެރޭ ލޯވެސް ތިހަނދުމާގާ
ހިތާމައިން ފޯ މަކުރުވާތީ
ބަލަން އާޝޯޚުވޭ މުޅިހިތް
ހުރުން މަޖުބޫރު ކުރުވާތީ
މެރޭ ލޯވެސް ތިހަނދުމާގާ
ހިތާމައިން ފޯ މަކުރުވާތީ
ދާންވީ މަ ރޯން ހެއްޔޭ ލޯތްބޭ ކިޔާފާ
އާވާރަ ކޮއްލަންހޭ އެދެނީ ތިބާ
މިހިތް މޮޔަކޮށް ނުރޮއްވާށޭ
މަށަށް އިތުބާރު ކޮއްދޭށޭ
މިހެން ނިމިދާންހެ ވީ ދުނިޔޭން
ދެނީ އަނިޔާ ހިތަށް ނޫންހޭ
މަ ގޮތްހުސްވެވި މި އިޝްގުގަވޭން
ލިބޭތީއޭ ކުރީ އާދޭސް
ތިބާ ނެތުމުން މަ ކައިރީގާ
މިދުނިޔޭން ވަކިވުމޭ އެދެނީ