ލޯބީގެ ނަމަކީ މަންމާ،
ނޫރަކީ، ލޮލަކީ މަންމާ
ފިރުކީ ހަޔާތްތީ މަންމާ،
ދޭނީ މި ނަފްސާއި ޖާން
މަންމާ މިދޭ އިޙްތިރާމް، ގެންދޭ އެތައްހާސް ސަލާމް
މަންމާ މިދޭ އިޙްތިރާމް، ގެންދޭ އެތައްހާސް ސަލާމް
ގުރުބާންވެވޭ ސިއްރަކީ މަންމާގެ ލޯތްބާ މަޤާމް
މަންމާ މިދޭ އިޙްތިރާމް
އުފަލާއެކީގާދެން ދައްޗާ ތުރާ ފޭހާ
އޯގާވެ ހޫނާ ވޭނާ އުފުލީ ތުރާ ދޭހާ
ނުލެވޭ ފިދާތައް ގުނާ، ނުލެވޭ ވަޒަންކޮށް މިނާ
މުލެވޭ ފިދާތައް ގުނާ، ނުލެވޭ ވަޒަންކޮށް މިނާ
ވީމީ ދަރަންޏޭ އަނާ
ވާނޭހެ ގީމަތު ބަޔާން، މަންމާ
މަންމާ މިދޭ އިޙްތިރާމް، ގެންދޭ އެތައްހާސް ސަލާމް
މަންމާ މިދޭ އިޙްތިރާމް، ގެންދޭ އެތައްހާސް ސަލާމް
ގުރުބާންވެވޭ ސިއްރަކީ މަންމާގެ ލޯތްބާ މަޤާމް
މަންމާ މިދޭ އިޙްތިރާމް