© ދިވެހި ލިރިކްސް
އެންމެ މަގުބޫލު
1
ފިލާނެތޯ ލޯތަކުން މިފޫދޭ
2
ދޮން ކަނބުލޮ ނިދާލާށޭ
3
އިތުރު ރަސޫލާ
4
ކުރަންވީ ހަނދާނާއި ޒިކުރާތަކޭ މީ
5
އީމާނޭ ހިތުގާ އާލާވަނީ
އެންމެ ފަހުގެ
1
ރީތީގެ ރާނީ އުޖާލާ
2
ކުރަންވީއޭ ދުޢާ
3
އޭނަބިއްޔާއޭ ސޮލާތާ
4
ޤައުމަށްޓަކާ ދީނަށްޓަކާ
5
އުދަރެސް
މި ސައިޓުގައި ބޭނުންކޮށްފައިވާ ލިރިކްސް، ފޮޓޯ އަދި ވީޑިއޯ ފަދަ ތަކެތީގެ މިލްކުވެރިކަން ވަނީ އޭގެ ޙައްޤުވެރި ފަރާތްތަކަށެވެ. އަދި މިސައިޓުގައިވާ އެއްވެސް ކޮންޓެންޓެއް ވިޔަފާރީގެ ގޮތުގައި ބޭނުން ނުކުރުން އެދެމެވެ.
މަރޭ މިތުރާ މިދުނިޔޭން
ރާގު: ޢަބްދުލް ޙަންނާން މޫސާދީދީ
ޅެން: ޅެންވެރިޔާ ނޭނގޭ
މަރޭ މިތުރާ މިދުނިޔޭން
ވަކިކުރީ މިއަސަރް ހިނގާނީ
އެންމެ ފަހު ވިންދާ ޖެހެންދެން
އަރުތެރޭ މިޒަހަރް ހިނގާނީ
ހާދަ އުންމީދެއް ކުރީމޭ
މާދަމާ ރޯށަން ކުރަން
އުނިނުވާ އުފަލާ އަރާމާ
އެކު މުޅިން ލޯބިން ފުރަން
ނުރުނީތީ އަޒަލު މިކަމާ
ކަރުނަ ދެން ކިހިނެތް ހެދޭނީ
މަރޭ މިތުރާ މިދުނިޔޭން
ވަކިކުރީ މިއަސަރް ހިނގާނީ
އެންމެ ފަހު ވިންދާ ޖެހެންދެން
އަރުތެރޭ މިޒަހަރް ހިނގާނީ
އެކުއެކީގާ މަރުގެ ދާނުން
ތަން ލިބުނު ނަމައީ މިހެން
އެކަނިވެރިވާން ގިނަވެފާ ދެން
ނުމެ ހުރީންހޭ ދުނިޔެއިން
ދެއްވަވާނދޭ މަންޒިލެއް މާތް
ސުވަރުގެއިން އެކުގާ ގުޅޭނީ
މަރޭ މިތުރާ މިދުނިޔޭން
ވަކިކުރީ މިއަސަރް ހިނގާނީ
އެންމެ ފަހު ވިންދާ ޖެހެންދެން
އަރުތެރޭ މިޒަހަރް ހިނގާނީ