މިދެ ހިތް އަލަކުން ނުގުޅޭނޭ
ތިޔަ ކުރި އަނިޔާ ނުފިލާނޭ
އެގޮތީ ބޭހެއް ނުލިބޭނޭ
ވީމާ މަރުވުނަ މޮޅުވާނޭ
ދަތިވެގެން ހިތް ތިޔަކަމާ އަދު މަ މިހުރީ ދެރަވެފާ
ރަޙުމު ނުކުރީތީ ކަލާ އުމުރު މިހުރީ ދިގުވެފާ
މަރުނުވެވިގެން ފިކުރުކުރެވޭ ހިތުގެ ޙާލޭމީ
ދަތި މިއަސަރާ އޭގެ ވޭނާ އެކު ވަނީ ރޫޙުގާ
ބޭވަފާތެރި ވީފަހުން ނޭދެމޭ ދުށުމަށް ލޮލުން
ބޭނުމެއް ނޫނޭ އަލުން ދޭކަށެއް ލިޔުމެއް އަދުން
ރޯލަ ރޯލާ ކަރުނަ އޮހޮރާ އާވި ޚިޔާލެކެމީ
އޭގެ އަސަރާ ބާރުގުޅިފާ ވީ މަގޭ ރޫޙުގާ