© ދިވެހި ލިރިކްސް
އެންމެ މަގުބޫލު
1
ދޮން ކަނބުލޮ ނިދާލާށޭ
2
ފިލާނެތޯ ލޯތަކުން މިފޫދޭ
3
ނަބީ އަމީނޭ
4
އިތުރު ރަސޫލާ
5
ޙަސްބީ ރައްބީ ޖައްލަﷲ - حَسْبِیْ رَبِّی جَلَّ اللّٰہ
އެންމެ ފަހުގެ
1
ރީތީގެ ރާނީ އުޖާލާ
2
ކުރަންވީއޭ ދުޢާ
3
އޭނަބިއްޔާއޭ ސޮލާތާ
4
ޤައުމަށްޓަކާ ދީނަށްޓަކާ
5
އުދަރެސް
މި ސައިޓުގައި ބޭނުންކޮށްފައިވާ ލިރިކްސް، ފޮޓޯ އަދި ވީޑިއޯ ފަދަ ތަކެތީގެ މިލްކުވެރިކަން ވަނީ އޭގެ ޙައްޤުވެރި ފަރާތްތަކަށެވެ. އަދި މިސައިޓުގައިވާ އެއްވެސް ކޮންޓެންޓެއް ވިޔަފާރީގެ ގޮތުގައި ބޭނުން ނުކުރުން އެދެމެވެ.
މިފަރާތް ބަލާބަލާށޭ
ރާގު: އަމިއްލަ
ޅެން: ޅެންވެރިޔާ ނޭނގޭ
އޯ.....................އާ...................
އޭ މިކޮޅު ބަލާބަލަ
މިފަރާތް ބަލާބަލާށޭ
ތިހިރީ ރުޅިން ކަމަށްހޭ
ހިތްހެޔޮ އަލުން ކުރާށޭ
ކުށްވެރި އަކީ އަހަންނޭ
އޯ.....................އާ...................
މާތަކުގެ މޯޅިވުމުގާ
ވަސްމީރުކަން ފިލައިދޭ
އިރުއޮއްސުމުން ދުވާލުގެ
އަލިކަން މުޅިން ފިލައިދޭ
މޫދާއި ކަނޑުގެ ދިޔަވަރު
އެކިގޮތްގޮތަށް ބަދަލުވޭ
ނަމަވެސް އަހަންނަކަށްދެން
ދެގޮތެއްވުމެއް ނުވާނޭ
ހިތްހެޔޮ އަލުން ކުރާށޭ
ކުށްވެރި އަކީ އަހަންނޭ
މިފަރާތް ބަލާބަލާށޭ
ތިހިރީ ރުޅިން ކަމަށްހޭ
ފެނި މިއަދުވެސް އަލަށްހެން
ބެލެނީ ކަލާގެ މޫނޭ
އޭރުގެ އެރީތި ސިފައޭ
ބަދަލެއްނުވާ އެއަސަރޭ
ވީއިރު ތިހެން ބަދަލުވީތީ
ކީއްހޭ ޚިޔާލު ނެތުނީ
ތިޔަހެން ސަޒާ ނުދޭށޭ
މިތަނަށް ކަލާ އަންނާށޭ
ހިތްހެޔޮ އަލުން ކުރާށޭ
ކުށްވެރި އަކީ އަހަންނޭ
މިފަރާތް ބަލާބަލާށޭ
ތިހިރީ ރުޅިން ކަމަށްހޭ
މިކަމަށްޓަކާ އަބަދުވެސް
ކެތްތެރިވެ ކެތްކުރީމޭ
މުޅިދުނިޔެއަށްމެ ފޮރުވާ
ސިއްރުން މަ ރޮއެހެދީމޭ
ތިޔަ ދަރަނިވެރި މަވެއްޖޭ
ހިތުގާވަރަށް ޖެހިއްޖޭ
އެހެނަސް ތެދެއްބުނަންހޭ
ކަރުނައިގެ އަގު ލިބިއްޖޭ
ހިތްހެޔޮ އަލުން ކުރީމޭ
ކުށްވެރި އަކީ އަހަންނޭ
މިފަރާތް ބަލާބަލާށޭ
ތިހިރީ ރުޅިން ކަމަށްހޭ