މޫނޭ ތިއީ ހިތް އެދޭ
ކިޔައިދޭނީ ދެން ކީކޭ ބާ؟
މީހުން ނުވާ ތާކަށް ހިނގާ
ބޭޒާރުވުން ގާތޭ މިތާ
ދެކޭށޭ ހަނދާ ރީތި ތަރިތައް
ޔަޤީނޭ މިތަން ހޯދަނީއޭ
ފެނިދާނެ އެކުގާ ކުރާހާ ސަމާސާ
ހެޔޮނުވާނޭ ތިހެން ކައިރިވީމާ
ގުޑާހެން ހީވޭ މޭ މަގޭ
ކިޔައިދޭނީ ދެން ކީކޭ ބާ؟
ބަލާލާށެ ބުނެ އަތްލެވޭތީ
ލަދުން ހުންނަހެން ހީވަނީއޭ
ސިއްރެއް ބުނަންހޭ މަށަށް ހާދަ ރީއްޗޭ
ރަކިވީ ހެއްޔޭ ލޯތިޔަ މަރާލީ
ނިދީގާވެސް ނުދެކެން ތިވަރު
ކިޔައިދޭނީ ދެން ކީކޭ ބާ؟
ދެމޭހެން މިބިން ހީވަނީއޭ
ކެތެއްދެން ނުވާނޭ އަހާށޭ
ހީލާހެދީމާ ހިތަށްވާ ގޮތުންނޭ
ބެލެނީހީވޭ މޫނުން ވިދާހެން
މިހިތުގާވާ ހަނދަކީ ތިއޭ
ކިޔައިދޭނީ ދެން ކީކޭ ބާ؟