ނާޒުކީ ޝަބާބުގާ ނިޝާނާ

ރާގު: ޔޭ އަދާ ޔޭ ނާޒް ޔޭ އަންދާޒް އާޕްކާ

ނާޒުކީ ޝަބާބުގާ
ނިޝާނާ އޭ ތިޔާ
ނޫރޭ މޫނުން ސޫރަވާ
ޒުވާނާއޭ ތިޔާ

ފަރިވި ތާޒާ މަލޭ
މަސްތުކުރުވީ ވަހޭ
ކަރުގަނޑުން ރޫޙުދޭ
ފޮނިވި ޝަބުނަމް އޮހޭ
އާޝިޤި ހުސްވުންނުވާ
ޚަޒާނާއޭ ތިޔާ
ނޫރޭ މޫނުން ސޫރަވާ
ޒުވާނާއޭ ތިޔާ

އެންމެ ފުރަތަމަ ނަޒަރު
ކުރުވި މަސްތީ އަސަރު
ދެއްވި އުންމީދަކުން
ލޯބި ޖާދޫ މިތުރު
ޒިންދަގީ ދިރުވާ ނަޔާ
ނިޝާނާއޭ ތިޔާ
ނޫރޭ މޫނުން ސޫރަވާ
ޒުވާނާއޭ ތިޔާ

އަބަދު ހިނިތުންވެލާ
ގާތުހުރުމަށް އެދޭ
ޚިދުމަތެއް ދާއިމީ
އާދެ ލިބުމަށް އެދޭ
ރޭދުވާ އާލާވެދާ
ހަނދާނާއޭ ތިޔާ
ނޫރޭ މޫނުން ސޫރަވާ
ޒުވާނާއޭ ތިޔާ
ނާޒުކީ ޝަބާބުގާ
ނިޝާނާ އޭ ތިޔާ
ނޫރޭ މޫނުން ސޫރަވާ
ޒުވާނާއޭ ތިޔާ

މި ސައިޓުގައި ބޭނުންކޮށްފައިވާ ލިރިކްސް، ފޮޓޯ އަދި ވީޑިއޯ ފަދަ ތަކެތީގެ މިލްކުވެރިކަން ވަނީ އޭގެ ޙައްޤުވެރި ފަރާތްތަކަށެވެ. އަދި މިސައިޓުގައިވާ އެއްވެސް ކޮންޓެންޓެއް ވިޔަފާރީގެ ގޮތުގައި ބޭނުން ނުކުރުން އެދެމެވެ.

info@dhivehilyrics.com

އިން

އެކު