ނޭނގި ސިއްރުން ކަލާ

ރާގު: ޖާނޭ ކަހާ ގައީ، ދިލްމެރާ ލޭ ގައީ

ނޭނގި ސިއްރުން ކަލާ،
ހިތް މަގޭ ގެންދަނީ، ގެންދަނީތާ

ބޭނުމޭ ދޭނުހޭ ލޯބި ކިޔާދޭނުހޭ
ފަޅުކަމޭ އަދުވަނީ ، ހިތް ފުރާލާނުހޭ
ނޭނގި ސިއްރުން ކަލާ، ހިތް މަގޭ ގެންދަނީ، ގެންދަނީތާ
ނޭނގި ސިއްރުން ކަލާ،

ގެންދަވާ ހިތް އަމޭ، ދެން ހިފާފާނުހޭ
މުށުތެރަށްލާ ކަލާ ފޮރުވަދީފާނުހޭ
ސިއްރު ސިއްރުން ކަލާ، ހިތް މަގޭ ގެންދަނީ، ގެންދަނީތާ
ނޭނގި ސިއްރުން ކަލާ،

ދުރުގަ ހެވިފައި ބަލަން ، ކީއްވެތޯ ހުންނަނީ
ބާރު ލޮލުގައި އެވާ މާދުރުން އަތުލަނީ
ހާދަ ސިއްރުންކަލާ، ހިތް މަގޭ ގެންދަނީ، ގެންދަނީތާ
ނޭނގި ސިއްރުން ކަލާ،

ޙާލު ކިޔާދޭނުހޭ، ލޯބި ބުނެދޭނުހޭ
ހެޔޮހިތުން ދޭނުހޭ، މޭގަ ފިރުމާނުހޭ
ލޯބިލޯބިން ކަލާ، ހިތް މަގޭ ގެންދަނީ، ގެންދަނީތާ
ނޭނގި ސިއްރުން ކަލާ،

މި ސައިޓުގައި ބޭނުންކޮށްފައިވާ ލިރިކްސް، ފޮޓޯ އަދި ވީޑިއޯ ފަދަ ތަކެތީގެ މިލްކުވެރިކަން ވަނީ އޭގެ ޙައްޤުވެރި ފަރާތްތަކަށެވެ. އަދި މިސައިޓުގައިވާ އެއްވެސް ކޮންޓެންޓެއް ވިޔަފާރީގެ ގޮތުގައި ބޭނުން ނުކުރުން އެދެމެވެ.

info@dhivehilyrics.com

އިން

އެކު