ނުދާށޭ އެކަނިވެރި ކޮއްފާ

ނުދާށޭ އެކަނިވެރި ކޮއްފާ
ހިތާމައިގާ ނިމެންވީހޭ
ނުވާށޭ ހިލަހިތެއް ކަމުގާ
ކުރާ އާދޭސް އަހާނަންހޭ

ކުރީ ދިގު އިންތިޒާރުތަކޭ
ވަޔާ ވާރޭގެ ތެއްކަމުގާ
މަށަށް ކުޑަ ޖާގައެއް ދެވިފާ
ކަލާ ހިތުގާ ނުވާތީހޭ

ދެހިތް ލޯބީގެ ކަނޑުތެރެއަށް
އެކީގާ ގެނބުނުހާ ރޭރޭ
ހަނދާ ތަރި ދައުރުވާ ހިނދުގާ
ހަނދާނުން ފަހެ ފިލާނޭހޭ

ހަނދުން ހަނދުވަރު ފިލާ ދިޔަޔަސް
މަލުން ކުލަޔާ ވަހާ ނެތުނަސް
ދެތަންވެ ނުދާނަމޭ ބުނެފާ
ހުވާ ވަޢުދާ އުވާލީހޭ

މި ސައިޓުގައި ބޭނުންކޮށްފައިވާ ލިރިކްސް، ފޮޓޯ އަދި ވީޑިއޯ ފަދަ ތަކެތީގެ މިލްކުވެރިކަން ވަނީ އޭގެ ޙައްޤުވެރި ފަރާތްތަކަށެވެ. އަދި މިސައިޓުގައިވާ އެއްވެސް ކޮންޓެންޓެއް ވިޔަފާރީގެ ގޮތުގައި ބޭނުން ނުކުރުން އެދެމެވެ.

info@dhivehilyrics.com

އިން

އެކު