ނުހޯދާ ލޯބިވާއެއް

ރާގު: ޒަމާނޭ މޭ ސަބީކޯ

ނުހޯދާ ލޯބިވާއެއް ދެން ތިހެންގޮސް ޢުމުރު ނިމިދާނޭ
ނިޔާހީ ޖާޒުބީ ތިޔަ ރީތިކަން ގޮސް މޯޅި ވެވިދާނޭ
ނުހޯދާ ލޯބިވާއެއް ދެން ތިހެންގޮސް ޢުމުރު ނިމިދާނޭ

ޒުވާންކަން ގެއްލިދާނޭކަން އެނގޭއިރުވެސް ތިބެންވީހޭ
ވަހާ ކުލަ ރީތި މާޒީވޭ އެކަން ނޭނގޭ ގޮތެއްވީހޭ
އަރާމާ އޭގެ މީރާ ވާނެ ހޯދަން ފަސްވެ ކެހިވާނޭ
ނުހޯދާ ލޯބިވާއެއް ދެން ތިހެންގޮސް ޢުމްރު ނިމިދާނޭ

ލޮލެއްވޭހޭ ހިތެއްވޭހޭ އުޖާލާކަން ބަލަން ދާނޭ
ހަނދުން ނޫރަންވިޔަސް ފަޅުރަށް އެވާ ރިހިސާލު ދެކިލާނޭ
ހިތާށޭ ލޯތަކަށް ދެން ސިއްރުވީމާ ކަން މިހެންވާނޭ
ނުހޯދާ ލޯބިވާއެއް ދެން ތިހެންގޮސް ޢުމުރު ނިމިދާނޭ
ނިޔާހީ ޖާޒުބީ ތިޔަ ރީތިކަން ގޮސް މޯޅި ވެވިދާނޭ
ނުހޯދާ ލޯބިވާއެއް ދެން ތިހެންގޮސް ޢުމުރު ނިމިދާނޭ

މި ސައިޓުގައި ބޭނުންކޮށްފައިވާ ލިރިކްސް، ފޮޓޯ އަދި ވީޑިއޯ ފަދަ ތަކެތީގެ މިލްކުވެރިކަން ވަނީ އޭގެ ޙައްޤުވެރި ފަރާތްތަކަށެވެ. އަދި މިސައިޓުގައިވާ އެއްވެސް ކޮންޓެންޓެއް ވިޔަފާރީގެ ގޮތުގައި ބޭނުން ނުކުރުން އެދެމެވެ.

info@dhivehilyrics.com

އިން

އެކު