ޕަރީ ހޫރު

ރާގު: ކަހީނ ދޫރު ޖަބް ދިން ޑަލްޖާއޭ

ޕަރީ ހޫރު ހުވަފެންތަކުގާވާ
ޗާލުވި ފަލަކުން އުދުހި އައީހޭ
ރިވެތި ކަމާއޭ
މަގޭ ޚިޔާލީ ރަން ޢާލަމުގާ
އަލި ފަތުރައިދޭ ރީތި ހަނދާއޭ
ރީތި ހަނދާއޭ


ހިތުގަވި ފޮނިފޮނިވީ އިޙުސާސޭ
ޖަޒުބާތީ ލޯތްބޭ ލޯތްބޭ އަދު މިބަޔާންވީ
ޢަބީރަކުންނޭ ބީހިލުމުންދޭ
ހިތޭދަނީ މަގޭ ފުރި ހުވަނދު މަލާއޭ
ހުވަނދު މަލާއޭ
ޕަރީ ހޫރު ހުވަފެންތަކުގާވާ
ޗާލުވި ފަލަކުން އުދުހި އައީހޭ
ރިވެތި ކަމާއޭ

ދަނީތޯއޭ މިލްކުވި ހިތް އަތުލައިގެން
އަހާށޭ މިތުރާއޭ ފަހެ ލޯބިދޭށޭ
މިރީތި ގުލްޝަން ތަރިހަނދު ރޯޝަން
ހެކިވޭ މިލޯތްބާމެދު ރަނިކަމަނާއޭ
ރަނިކަމަނާއޭ
ޕަރީ ހޫރު ހުވަފެންތަކުގާވާ
ޗާލުވި ފަލަކުން އުދުހި އައީހޭ
ރިވެތި ކަމާއޭ
މަގޭ ޚިޔާލީ ރަން ޢާލަމުގާ
އަލި ފަތުރައިދޭ ރީތި ހަނދާއޭ
ރީތި ހަނދާއޭ

މި ސައިޓުގައި ބޭނުންކޮށްފައިވާ ލިރިކްސް، ފޮޓޯ އަދި ވީޑިއޯ ފަދަ ތަކެތީގެ މިލްކުވެރިކަން ވަނީ އޭގެ ޙައްޤުވެރި ފަރާތްތަކަށެވެ. އަދި މިސައިޓުގައިވާ އެއްވެސް ކޮންޓެންޓެއް ވިޔަފާރީގެ ގޮތުގައި ބޭނުން ނުކުރުން އެދެމެވެ.

info@dhivehilyrics.com

އިން

އެކު