ޤަދަރު ދީފާ ވިޔަސް ހިތުގާ
މަގޭ ލޯބީގެ ވެރިޔާއޭ
ކަރުނަ އޮހޮރާ މިހެން ރޮވުމީ
މިއަދު އަހަރެންގެ ފަރުވާއޭ
އެހާ ފޮނި އުފަލުގަ ލޯބިން
ހުވާ ކޮށްފާ މި ވަކިވީމާ
ކިހާ ހިތްދަތިކަމެއް ދޭނޭހެ
ވަޢުދާ އަޙުދު އުވުނީމާ
މަލާ މާބުރުގެ ގިންތީގާ
ހިމެނި ނިމިދާން ވަނީބާއޭ
ޤަދަރު ދީފާ ....
ހިތާހިތް ސާފުކޮށް ގުޅުވާ
އެއަށް އޯގާވެ ފިރުމާފާ
އަތާއަތްވެސް ގުޅަންވާނީ
އެހާ ސިއްރުން މި ބުނެލާފާ
ފަތަންވެސް ނޭނގެނީ ކަނޑުލާ
އެކަނި ދޫކޮށްލަނީ ބާއޭ
ޤަދަރު ދީފާ ....
ދުށީމޭ ލޯ އެދޭ މަންޒަރު
އޮތީމޭ ނުނިދި ފުރަ ދަންވަރު
އެރޭ އުފަލުން މަވީނަމަ މަރު
ރަނގަޅުވީހޭ ނުދެކި މިއަސަރު
ކުރާނެކަމެއް ނެތެ މިއަދަކު
ފުރާނަ ދެތަން ވަނީބާއޭ
ޤަދަރު ދީފާ ....