ރީތިކަން ބަޔާން ކޮށްދޭ މަލާއޭ
އަޖައިބުވާ ޙަރަކާތް ތަކޭ ތިއީ
ހީލުމުން ހީވޭ ހިތް ފުރިދާހެން މަގޭ
ދުނިޔެ މަތިން ނުދެކޭހާ ފުރިހަމަ ހީލުމެކޭ
ހިތް އަވަސްވޭ ކައިރިން އަޅާފާ ދާއިރު ދެން
ހިތް ގޮވާލައޭ ސިއްރުން
ލޯބި ވެވިދޭ ކައިރިން ގޮވައިގެން ދާތީ މިހިތް
ހިތް ގޮވާލައޭ ލޯބިން
ގެއްލިފާ މިހެން އިނދެވިދާނެޔޭ
ފޫހިނުވެ ކިތަންމެ އިރެއް ވިޔަސް މިހެން
ހީލިމުން ހީވޭ ހިތް ފުރިދާހެން މަގޭ
ދުނިޔެމަތިން ނުދެކޭހާ ފުރިހަމަ ހީލުމެކޭ
ހިތް އަވަސްވޭ ކައިރިން އަޅާފާ ދާއިރު ދެން
ހިތް ގޮވާލައޭ ސިއްރުން
ލޯބި ވެވިދޭ ކައިރިން ގޮވައިގެން ދާތީ މިހިތް
ހިތް ގޮވާލައޭ ލޯބިން