ރޮއެފާ ކަލާ ކުރިހާ ހުވާ
ހިނދުރީގަވޭ ހަރުލާ މަގޭ
ދީފާ ވުމުން އަނިޔާ ހިތަށް
ފޯވޭ ދެލޯ ކަރުނުން އޮހޭ
އިތުބާރު ދީފާ ހުރީ ރުހޭކަން އަންގާ
ވަޢުދާ ހުވާތައް ވީމާ އެރޭ
ފަރުދާގެ ފުރަގަހުން ވީ ބޭވަފާ
ނޭގޭތި ލޯބިން ފިރުމީ އެރޭ
ވޭނާ ތަދާ ވޭ ހިތުގާ
ފޯވޭ ދެލޯ ކަރުނުން އޮހޭ
ބޭޒާރު ވީމާ ހިތާ ނުކުޅޭ އަލުން
މަޖުބޫރު ނުކުރޭ ގިސްލާ ރޮމުން
ނެތޭ ދުލުން ލޯބިން ގޮވާލާނޭ ވަރެއް
ނެތޭ ހަށީ ހީލާނޭހާ ވަރެއް
ނިމުމެއްނުވާ ޝަކުވާ މިއީ
ފޯވޭ ދެލޯ ކަރުނުން އޮހޭ