© ދިވެހި ލިރިކްސް
އެންމެ މަގުބޫލު
1
ފިލާނެތޯ ލޯތަކުން މިފޫދޭ
2
ދޮން ކަނބުލޮ ނިދާލާށޭ
3
ނަބީ އަމީނޭ
4
ޙަސްބީ ރައްބީ ޖައްލަﷲ - حَسْبِیْ رَبِّی جَلَّ اللّٰہ
5
އިތުރު ރަސޫލާ
އެންމެ ފަހުގެ
1
ރީތީގެ ރާނީ އުޖާލާ
2
ކުރަންވީއޭ ދުޢާ
3
އޭނަބިއްޔާއޭ ސޮލާތާ
4
ޤައުމަށްޓަކާ ދީނަށްޓަކާ
5
އުދަރެސް
މި ސައިޓުގައި ބޭނުންކޮށްފައިވާ ލިރިކްސް، ފޮޓޯ އަދި ވީޑިއޯ ފަދަ ތަކެތީގެ މިލްކުވެރިކަން ވަނީ އޭގެ ޙައްޤުވެރި ފަރާތްތަކަށެވެ. އަދި މިސައިޓުގައިވާ އެއްވެސް ކޮންޓެންޓެއް ވިޔަފާރީގެ ގޮތުގައި ބޭނުން ނުކުރުން އެދެމެވެ.
ރުއްކުރި ކޮޅެއްފަދަ ދޮންގޮމާ
ރާގު: -
ޅެން: ޅެންވެރިޔާ ނޭނގޭ
ރުއްކުރި ކޮޅެއްފަދަ ދޮންގޮމާ
އިންނަން މަދެން ހޯދާނަމޭ
ރުއްސަން ރަނާ ރިއްސާ މުތީ
ރުއްޖެހި އަތަރުވެސް ދޭނަމޭ
ރިއްސެޔޮލަމުން ދިޔައިރު ގޮމާ
އަސްތާ އެއީ ފަތްމިންޏެކޭ
ރިއްސާ ހިތަށް ފަރުވާޔަކަށް
ގޮމަޔާ މަ ފިކުރާ ވާނަމޭ
ގޮމަޔާ ދެވަންޏާ ދާނަމޭ
މަސްއޮޑި މަ ދުއްވައިދޭނަމޭ
އަމަޔަށް ލިބާހާ ފޭލިދީ
ބަފަޔަށް މަ ހެޔޮމީސް ވާނަމޭ
ހިތުއޮތްގޮތަށް ވިއްޔާ މަދެން
ދަތުރެއް މަތީ ރަށްފުޅު ބަލަން
އުތުރަށް ގޮވައިގެން ގޮސްލުމަށް
ނަދުރެއް މަ ބުނެވެސް ލާނަމޭ
ހުންނާނަމޭ އަބަދަށް މިހެން
ފަހުނޭވަޔާ ހަމައަށް ނިކަން
އިންނާނަމޭ ގޮމަޔާ މަދެން
ޢަޒުމެއް ދުލެއް ނުކުރާނަމޭ