© ދިވެހި ލިރިކްސް
އެންމެ މަގުބޫލު
1
ފިލާނެތޯ ލޯތަކުން މިފޫދޭ
2
ދޮން ކަނބުލޮ ނިދާލާށޭ
3
އިތުރު ރަސޫލާ
4
ނަބީ އަމީނޭ
5
ޙަސްބީ ރައްބީ ޖައްލަﷲ - حَسْبِیْ رَبِّی جَلَّ اللّٰہ
އެންމެ ފަހުގެ
1
ރީތީގެ ރާނީ އުޖާލާ
2
ކުރަންވީއޭ ދުޢާ
3
އޭނަބިއްޔާއޭ ސޮލާތާ
4
ޤައުމަށްޓަކާ ދީނަށްޓަކާ
5
އުދަރެސް
މި ސައިޓުގައި ބޭނުންކޮށްފައިވާ ލިރިކްސް، ފޮޓޯ އަދި ވީޑިއޯ ފަދަ ތަކެތީގެ މިލްކުވެރިކަން ވަނީ އޭގެ ޙައްޤުވެރި ފަރާތްތަކަށެވެ. އަދި މިސައިޓުގައިވާ އެއްވެސް ކޮންޓެންޓެއް ވިޔަފާރީގެ ގޮތުގައި ބޭނުން ނުކުރުން އެދެމެވެ.
ސަމާސާ ކުރާތީ
ރާގު: -
ޅެން: ޅެންވެރިޔާ ނޭނގޭ
ސަމާސާ ކުރާތީ ބުނާހިތްވަނީއޭ
މަށަށް ހާދަ ރީއްޗޭ މަށަށް ހާދަ ޗާލޭ
ސަމާސާ ކުރާތީ ބުނާހިތްވަނީއޭ
މަށަށް ހާދަ ރީއްޗޭ މަށަށް ހާދަ ޗާލޭ
ކަލާޔަށްޓަކާ ހިތް އެކީ ހުސްކުރީމޭ
ބުނާ އަޑު އިވޭތީ ހިތް ދެކޭހިތް ވަނީއޭ
ކަލާޔަށްޓަކާ ހިތް އެކީ ހުސްކުރީމޭ
ބުނާ އަޑު އިވޭތީ ހިތް ދެކޭހިތް ވަނީއޭ
ދަނީދަނީ ހިތުގާމިވާ އެދޭގޮތް ބުނާށޭ
ކަލާ ލޯބި ދޭށޭ ކަލާ ލޯބިވޭހޭ
މަށަށް ހާދަ ރީއްޗޭ މަށަށް ހާދަ ޗާލޭ
ތިނޭވާގެ ހޫނުން މިހިތް އެދި ބުނީއޭ
ލޯބިން އެކީގާ މިހިތަށް އުފާދޭނުތޯއޭ
ތިނޭވާގެ ހޫނުން މިހިތް އެދި ބުނީއޭ
ލޯބިން އެކީގާ މިހިތަށް އުފާދޭނުތޯއޭ
ދަނީދަނީ ހިތުގާމިވާ އެދޭގޮތް ބުނާށޭ
ކަލާ ލޯބި ދޭށޭ ކަލާ ލޯބިވޭހޭ
މަށަށް ހާދަ ރީއްޗޭ މަށަށް ހާދަ ޗާލޭ
ހަނދާން އާވަނީއޭ އަބަދު ޚިޔާލު ކުރަމޭ
އަހާލަން އެދޭހިތްވާތީ ފެނޭތޯ ބެލީމޭ
ހަނދާން އާވަނީއޭ އަބަދު ޚިޔާލު ކުރަމޭ
އަހާލަން އެދޭހިތްވާތީ ފެނޭތޯ ބެލީމޭ
ދަނީދަނީ ހިތުގާމިވާ އެދޭގޮތް ބުނާށޭ
ކަލާ ލޯބި ދޭށޭ ކަލާ ލޯބިވޭހޭ
މަށަށް ހާދަ ރީއްޗޭ މަށަށް ހާދަ ޗާލޭ