ސީދާހޭ ބަލަން ވާނީ ތިހެން ކުރިމަތިން އައިސް
ކުރީބާރު ކައިން ބަލާލީ ކަމުން
ދާންބޭނުން ތާކަށް ދާށޭ އެކީގާ ފަހަތުން ނައިސް
ރުޅިންވާ ތިޒާތަށް އުޅޭނީ މުޅިން
ކިޔާ............
އަސްތާ ކަސްތޫރިން ލޮލާ މޫނާ ވަސް ކަނދުރާ
ލޯބިން މަސްތޭވާނީ އަންނާށޭ ޔާރާ
ކިޔާ ފޮނިފޮނި ރާގާ ބުނަން ތިކުރާ ބާރާ
އަހަން ތިކިޔާ ބަސްތައް ހިތަށް އަމުދުން ނާއަރާ
އަހާލަން ނެތީހޭ ކިޔާދޭ ކަމުން
ސީދާހޭ ބަލަން ވާނީ .......
އަންނާށޭ އާދޭ އެކީގާ މޫދަށް ގޮސްލަންޏާ
ދާހިތް ނޫންހޭ ވާނީ ކަލާވެސް ދަންޏާ
ދޭބަލަ އެކުގާ ނޫނަށް އެހާ ބޭނުންވަންޏާ
ކާކުހޭ ހުއްޓާލާށޭ ބުނީ ދާހިތްވަންޏާ
ނުދާންހޭ ހުރީވެސް އަހާލީކަމުން
ސީދާހޭ ބަލަން ވާނީ ތިހެން ކުރިމަތިން އައިސް
ކުރީބާރު ކައިން ބަލާލީ ކަމުން
ރުޅިންވާ ތިޒާތަށް އުޅޭނީ މުޅިން