ތޫނު ދެލޮލާ ރިވެތި މޫނު ފެނުމާ އެކީ
ގައިގެ ވަރުދޫވިޔޭ ނޫރެކޭ ހީވިޔޭ
ލޯބިވޭތޯ އެ އެހުނޭ މިއޭ ޙާލަކީ
ކުލުނު އުފެދޭނެޔޭ އޭރުގާ ހީވިޔޭ
އުމްރު ދީފީމެ މިހިތާއެކީގާ ލެޔާ
މޮޔަވުމުންވީގޮތޭ މުޅި ދުވާލާ ރެޔާ
ޚިޔާލުގާ ހިތްވަނީ ދޫވެ ލެވިފާ އޮޔާ
އޭމަގޭ އާޝިޤާ ހިތް ނުދޭނޭބާ؟
ޢިޝްޤުގާ ވީތި ޖެހިފާ ހިތޭވީހަނާ
ވިސްނުމާ ފިކުރު އެކުގާ ވަނީއޭ ފަނާ
އާވެހުރިހާ މިބިރު ކެތްކުރީމޭ އަނާ
މީހެ އިއްވޭ ނިޔާ ފަހެ ކިޔައިދޭނެބާ؟