އުދާހާ ވޭން ފިލާނީ ކިހިނެތްހޭ ހިތުން
މިއަދު ބޭވަފާއޭ މިތުރާ ތިވީ
ހިތުގަ ޖައްސާފާ ތިދަނީ ހޭ ހެމުން
މިއަދު ބޭވަފާއޭ މިތުރާ ތިވީ
މަ ލޯބިން ދިވާނާ މިވީ ކީއްވެބާއޭ؟
މަ ލޯބިން ދިވާނާ މިވީ ކީއްވެބާއޭ؟
ތި ލޯތްބަށް އެދެވެނީ މި އެއީ ކީއްވެބާއޭ؟
ހިތި ކަރުނަ އޮހެނީ މި ފަހެ ކީއްވެބާއޭ؟
އުދާހާ ވޭން ފިލާނީ ......
ބުނާށޭ ކަލާ ވީ ބަދަލު ކީއްވެތޯއޭ؟
ބުނާށޭ ކަލާ ވީ ބަދަލު ކީއްވެތޯއޭ؟
އެރޭރޭ މި އުނގުގާ ނިދީ ކާކުތޯއޭ؟
އުވާލީ ހުވާތައް މުޅިން ކީއްވެތޯއޭ؟
އުދާހާ ވޭން ފިލާނީ ......
ލޯތްބަށް މަގޭ އޭރުގާ މިތުރު އެދިފާ
ލޯތްބަށް މަގޭ އޭރުގާ މިތުރު އެދިފާ
ދުނިޔޭގެ އުފަލާ އަރާމު މިއަދު ފެނިފާ
ވީހޭ މުޅިން ބޭވަފާ އެކުގަ އުޅެފާ
އުދާހާ ވޭން ފިލާނީ ކިހިނެތްހޭ ހިތުން
މިއަދު ބޭވަފާއޭ މިތުރާ ތިވީ
ހިތުގަ ޖައްސާފާ ތިދަނީ ހޭ ހެމުން
މިއަދު ބޭވަފާއޭ މިތުރާ ތިވީ