© ދިވެހި ލިރިކްސް
އެންމެ މަގުބޫލު
1
ފިލާނެތޯ ލޯތަކުން މިފޫދޭ
2
ދޮން ކަނބުލޮ ނިދާލާށޭ
3
އިތުރު ރަސޫލާ
4
ކުރަންވީ ހަނދާނާއި ޒިކުރާތަކޭ މީ
5
ނަބީ އަމީނޭ
އެންމެ ފަހުގެ
1
ރީތީގެ ރާނީ އުޖާލާ
2
ކުރަންވީއޭ ދުޢާ
3
އޭނަބިއްޔާއޭ ސޮލާތާ
4
ޤައުމަށްޓަކާ ދީނަށްޓަކާ
5
އުދަރެސް
މި ސައިޓުގައި ބޭނުންކޮށްފައިވާ ލިރިކްސް، ފޮޓޯ އަދި ވީޑިއޯ ފަދަ ތަކެތީގެ މިލްކުވެރިކަން ވަނީ އޭގެ ޙައްޤުވެރި ފަރާތްތަކަށެވެ. އަދި މިސައިޓުގައިވާ އެއްވެސް ކޮންޓެންޓެއް ވިޔަފާރީގެ ގޮތުގައި ބޭނުން ނުކުރުން އެދެމެވެ.
އުފާވީ ރާސްތާވީ ނުހަނު ދުރުގާވީ
ރާގު: -
ޅެން: ޅެންވެރިޔާ ނޭނގޭ
އުފާވީ ރާސްތާވީ ނުހަނު ދުރުގާވީ
އުފާވީ ރާސްތާވީ ނުހަނު ދުރުގާވީ
ރޮވެޔޭ ބޭވަފާތެރި ވީމަ ކަލާ
ކުރި ވަޢުދު އެކާކު އުވާލީ
ރާޙަތުގެ ޙަޤީޤީ ދީފަ އުފާ
ކުޅެމުންނޭ ތިދަނީ ނޭނގި ލެޔާ
އިންކާރުވެ ލޯބި ޤަތުލުކޮށްފާ
ހެޔޮހޮތެކޭ ތިކުރީ ފާރު މެޔާ
ނެރެދެންހެ ބަލަން ހުރި ހިތުގެ ޒަޚަމް
ކަރުނުންނެ ދެލޯ ފުރިފާވީ
އުފާވީ ރާސްތާވީ ނުހަނު ދުރުގާވީ
ތިޔަ ލޯބި ޚަޒާނައިގާ ފޮރުވާ
ތަޚުތެއްގާ ހިތް ވަޑުވައިދީފާ
ލޯބީގެ ތެރޭ ޖެހުމުން އޮއެވަރު
ބަދުނާމު ކުރީ އަނިޔާ ދީފާ
އަނދިރީގަ މަ ހަނު އިނދެ ރޯކުރި ކުޑަ
ހުޅުކޮޅުވެސް އަދު ތި ނިވާލީ
އުފާވީ ރާސްތާވީ ނުހަނު ދުރުގާވީ
ދަޢުވަތު ލިބުމޭ ދެން މަރު އެދެނީ
އަދު ނުދެކި މި އަނިޔާ ދުނިޔޭގާ
ނުނިދާ މަ އުޅެން ޖެހިފާ މިވަނީ
ބަރުދާސްތު ނުވާފަދަ ވޭނެއްގާ
ހުންނާށެ ބަލަން ބޭނުންހެ ބުނަން
ކަފުނުންނޭ މޫނު ނިވާވީ
އުފާވީ ރާސްތާވީ ނުހަނު ދުރުގާވީ
އުފާވީ ރާސްތާވީ ނުހަނު ދުރުގާވީ
ރޮވެޔޭ ބޭވަފާތެރި ވީމަ ކަލާ
ކުރި ވަޢުދު އެކާކު އުވާލީ
އުފާވީ ރާސްތާވީ ނުހަނު ދުރުގާވީ
އުފާވީ ރާސްތާވީ ނުހަނު ދުރުގާވީ
އުފާވީ ރާސްތާވީ ނުހަނު ދުރުގާވީ
އުފާވީ ރާސްތާވީ ނުހަނު ދުރުގާވީ
އުފާވީ ރާސްތާވީ ނުހަނު ދުރުގާވީ