އުލްފަތުގެ ގުލްޝަން ތަކުން މާ
ފަރިވެ ފޮޅި ނުމެ ދާނެބާ
ބުލްބުލާ މުނިޔާ ތަކާ ތާ
ގާހިތެއް ނުލިބޭނެބާ
ގުލް ޗަނބޭލީ ގުލް ހަޒާރީ
ގުލްއަލާ މާ ޗާންދަނީ
ގުލްޝަނުން އެދިއެދި މިހެން
އުއްމީދުގާ ހުރެވޭނެބާ
މާ ކަރަންކާ ސާބަ ނަފުސޯ
ސަންފްލާވަރ ހުސްނުހީ
ނާ މަލާ އިރުދޭ ވަގުތު ފަރި
ވާމަށަން ބިނދެވޭނެބާ
މާފޮޅޭތޯ އިންތިޒާރީ
ގާ އަބަދު ހުއްޓާމިތާ
މާބުލާޝަމް މާދުރުން
ޗޯރަކު އެއައިސް ބިނދެފާނެބާ
ބަލަ ފިހޭވަރު ގަދަ އަވީގާ
މަލުގެ ބޭނުމުގާ މިތާ
ބަލަބަލާ ހުއްޓާ މަލުގެ ރާނީ
ވަގަކު ބިނދެލައިފިތާ