ވާތީ މަ ކައިރީގާ

ވާތީ މަކައިރީގާ ހުވަފެނުގާ ފެންނާތީ
ރީތި ރީތި މޫނާ ލޯ
މިތުރާއޭ ނިދޭނޭހޭ މިތުރާއޭ ނިދޭނޭހޭ

ހީވޭ ކަލާ ވާހެން ހީލާށޭ ބުނެލާނަން
ލޯބިން ތިފިރުމާހެން
މިތުރާއޭ ނިދޭނޭހޭ މިތުރާއޭ ނިދޭނޭހޭ

މޭގާ މަ ލިޔެލާނަމޭ ލޯބިން ތިނަން ހަމަ މިރޭ
އާދޭ މަގޭ ލޯބިވާ ދުރުގާ ދެނެއް ނުހުރެވޭނެ
ތީއޭ އުފަލަކީ މިހާރު ނޭގޭ މަގޭ ހިތުގެ ހާލު
ނޭގޭހެ ރާނީ ތިޔޭ ދަންވަރު ކުރާ ނުނިދި ޚިޔާލު
ޝާހީ އަދާއޭ ތިޗާލު މޫނެކޭ
ޖާދޫގަރެއްހެން ހީވެ ކަލާ

ލޯބިން ވެވޭހޭ މިވަރު ނޭގޭ މިހެން ވާނެކަން
އަބަދަށް ލިބުން އެދި ހުރިން ކުރުވާ މިފުން ފޮނި އަސަރު
އާއޭ މިއީ ލޯބި ހޭ ވިންދާ ލެޔާ ހޫނުވޭ
އެދެނީ ކަލާ ދެކިލުމަށް އެދެނީ ކަލާ ހޯދުމަށް
ހޫނު ނޭވާއިން ހިމާޔަށް ލިބޭ
ލޯވެސް މެރޭހާ ބާރެއްވެޔޭ ދެން

މި ސައިޓުގައި ބޭނުންކޮށްފައިވާ ލިރިކްސް، ފޮޓޯ އަދި ވީޑިއޯ ފަދަ ތަކެތީގެ މިލްކުވެރިކަން ވަނީ އޭގެ ޙައްޤުވެރި ފަރާތްތަކަށެވެ. އަދި މިސައިޓުގައިވާ އެއްވެސް ކޮންޓެންޓެއް ވިޔަފާރީގެ ގޮތުގައި ބޭނުން ނުކުރުން އެދެމެވެ.

info@dhivehilyrics.com

އިން

އެކު