ވަކިވީ އަސަރާ މަންޒަރް
ހިތަކުން ހަމަ ނުފިލާނޭ
ވޭނާއި ރިހުން އެކުވާ
މި ހިތާމަ އާލާވާނޭ
ދުނިޔޭގެ އުސޫލާ ކަންތައް
ނުހިންގާނެ ގޮތެއްވެސް ނެތް
އެހެނަސް މިއަކީ މި ހިތަށް
ކެއްވާނެ ކަމެއް ނޫނޭ
ލިބުނީ ނުފިލާނެ ޝަޒާ
ދުނިޔޭގެ ތެރޭން ވީތީ
މި ހަންދާންތައް ރޮއްވީތީ
މި ދެލޯ ކަރުނުން ފުރުނޭ
ވަކިވީ އެ މުޅިން
އަނދިރީގެ ތެރޭން
ފޯވީތި މި ހިތް ކަރުނުންނޭ
ވަކިވީ އަސަރާ މަންޒަރް
ހިތަކުން ހަމަ ނުފިލާނޭ
ވޭނާއި ރިހުން އެކުވާ
މި ހިތާމަ އާލާވާނޭ
ގެނުވައިފިޔެ ހިތްދަތިކަން
މަޙުރޫމު ވުމުން ލޯބިން
އަލިކަން ދިޔައީ ނެތިގެން
ފަޅުކަން މިގޮތަށް އައުމުން
ރޫހޭ ތިޔައީ
ކޮއްކޯ އޭ
ލޯބީގެ އުފާ ގުޅިފާވާ
ވަކިވީ އަސަރާ މަންޒަރް
ހިތަކުން ހަމަ ނުފިލާނޭ
ވޭނާއި ރިހުން އެކުވާ
މި ހިތާމަ އާލާވާނޭ