ވަޔާ އިސްތަށިތައް ނަގާތަން ދުށުމޭ ބޭނުންވީ
ރީތި ކަނދުރައިގާ ނިދާލަން އުމުރަށް ބޭނުންވީ
ސިއްރު ސިއްރުން މިބުނީ ހާދަ މިހިތްވޭ ބޭނުން
މޫނުގާ ފިރުމާލަދޭށެ އުފަލުން ބޭނުންވީ
ރީތި ކަނދުރައިގާ ....
ފަރި އަތުގާ ހިފާ ލޯބީގެ ލަފުޒުތައް އިއްވާ
ޗާލު ލޮލުގާވާ ތި މޫނަށް ބެލުމޭ ބޭނުންވީ
ރީތި ކަނދުރައިގާ ....
މޫނު ފެނުމުން ވިދާ ތަރިތައް އެ ލަދުންނޭ ފިލަނީ
ލަދުން އިސްނުޖަހާ ޚިޔާލަށް ރުހުމޭ ބޭނުންވީ
ރީތި ކަނދުރައިގާ ....