© ދިވެހި ލިރިކްސް
އެންމެ މަގުބޫލު
1
ދޮން ކަނބުލޮ ނިދާލާށޭ
2
އިތުރު ރަސޫލާ
3
ނަބީ އަމީނޭ
4
ފިލާނެތޯ ލޯތަކުން މިފޫދޭ
5
އިސްނެންގެވި މާތްވީ ސާހިބުން
އެންމެ ފަހުގެ
1
ރީތީގެ ރާނީ އުޖާލާ
2
ކުރަންވީއޭ ދުޢާ
3
އޭނަބިއްޔާއޭ ސޮލާތާ
4
ޤައުމަށްޓަކާ ދީނަށްޓަކާ
5
އުދަރެސް
މި ސައިޓުގައި ބޭނުންކޮށްފައިވާ ލިރިކްސް، ފޮޓޯ އަދި ވީޑިއޯ ފަދަ ތަކެތީގެ މިލްކުވެރިކަން ވަނީ އޭގެ ޙައްޤުވެރި ފަރާތްތަކަށެވެ. އަދި މިސައިޓުގައިވާ އެއްވެސް ކޮންޓެންޓެއް ވިޔަފާރީގެ ގޮތުގައި ބޭނުން ނުކުރުން އެދެމެވެ.
ވެލާބިސް އަޅަންދާން
ރާގު: -
ޅެން: ޅެންވެރިޔާ ނޭނގޭ
ވޭލާބިސް އަޅަންދާން ހުރާކޮޅު ތުނޑީގާ
ހިލާ ކަހަނބަކަށް ނުވެ ވެލާފުޅު ވެލީގާ
ވެލާ ބޯޖަހައިގެން ފިލާ ހަމަ އޮތިއްޔާ
ވެލާ މިއަދު ފުރޮޅާނަމޭ ގޮސް ތުނޑީގާ
ޖަހައިގެން އުމަދާ އަޅާނަން އަތްފުނާ
ބަލއިގެން ފިޔަގަނޑުން އޮޅުވާލަން އެޅި ފުނާ
އަރައިގެން ދިޔަރޮނގުން ދެކޭނަން ފަސްފިނާ
ދަރާލާ މުޅިހަށީ ހުންނާނަން ފަސްމިނާ
ވެލާފުޅުގެ ހުނަރުން އޮޅުވާލާ ބިސްވަޅާ
ވެލާފުޅު އެރިއްޔާ ފުރޮޅާލާނަން ހުވާ
އަދާ ހާޒިރޫތައް ދަސްކޮސްފީމޭ ވެލާ
ވަށާފާ ބިސްއަޅަން ނުދާނޭ ބިސްވެލާ
ތަރާކޮށްލާ އެވަޅު ފުރާލާނޭވެލާ
ފަތާފާ ކަނޑުކޮޅަށް ގޮސް ހުއްޓޭނޭ ވެލާ
އެތާ ލޯމަރާކަށް ނުދެވޭނޭ ހަމަހިލާ
ވެނަށް ނުދެވިއޮއްވާ ފުރޮޅާލާނަން ހުވާ