އޯ އޯ އޯ އޯ އޯ
ޔާރާ އަހާށޭ އާޝިގް މަގޭ ތީ
ވާށޭވީ އެކުގާ މިތާ
އެދުނީތި ލޯބިން މުޅިން ހިތް ފުރާދޭން
ލޯބިން އަހާށޭ ހިތާ
ލޯތްބަށް މި އެދެނީ ހިތް އެދި ގޮވާތީ
ޖާނަށް ދިރުން އަދި ލިބޭތީ
އެދިގެން ބުނީމޭ އޯގާވެދޭށޭ
އުނގުގާ ނިދާހިތް މަ ވާތީ
ވާވަރު މިއެންގީ ކެތްދެން ނުވާތީ
ލޯބީގެ މަސްތޭ ވަނީ
އަދު ހާމަވާތީ ލޯބިން ބުނާތީ
ފުރިފާ ވަނީ ހިތް އެކީގާ
ގައިމޭ އެދޭނީ ލޯބިން ކިޔާނީ
ވާނަން އެކީގާ ކަލާޔާ
އަންނާށެ ލޯބިން އެދިގެން ބުނީމޭ
ގެންދަން މި ޖާނާ ހިތާ