© ދިވެހި ލިރިކްސް
އެންމެ މަގުބޫލު
1
ފިލާނެތޯ ލޯތަކުން މިފޫދޭ
2
ދޮން ކަނބުލޮ ނިދާލާށޭ
3
ނަބީ އަމީނޭ
4
އިތުރު ރަސޫލާ
5
ޙަސްބީ ރައްބީ ޖައްލަﷲ - حَسْبِیْ رَبِّی جَلَّ اللّٰہ
އެންމެ ފަހުގެ
1
ރީތީގެ ރާނީ އުޖާލާ
2
ކުރަންވީއޭ ދުޢާ
3
އޭނަބިއްޔާއޭ ސޮލާތާ
4
ޤައުމަށްޓަކާ ދީނަށްޓަކާ
5
އުދަރެސް
މި ސައިޓުގައި ބޭނުންކޮށްފައިވާ ލިރިކްސް، ފޮޓޯ އަދި ވީޑިއޯ ފަދަ ތަކެތީގެ މިލްކުވެރިކަން ވަނީ އޭގެ ޙައްޤުވެރި ފަރާތްތަކަށެވެ. އަދި މިސައިޓުގައިވާ އެއްވެސް ކޮންޓެންޓެއް ވިޔަފާރީގެ ގޮތުގައި ބޭނުން ނުކުރުން އެދެމެވެ.
ކަރުތާފެނުން ހޯދި ރަންލޯބި ތޯތާ
ރާގު: -
ޅެން: ޅެންވެރިޔާ ނޭނގޭ
ކަރުތާފެނުން ހޯދި ރަންލޯބި ތޯތާ
އެކު ލޯބިން އުޅެފާ ވަކިވެވި ދިޔައީއޭ
ފަރިކަން އެވާ މޫނު ހުވަފެނު ފެނޭތީ
ކުރި ފުން އަސަރުގާ ދަތިހިތް ވަނީއޭ
ރޮދިނުލާ އެޅި ގިނަގުނަ ތަވީދޭ
މުންޒާނި ކުކުމުން ދުންވެސް އެޅީމޭ
ކަށިމާ ބިނދޭތޯ ނަދުރެއްބުނީމޭ
ކަޅުވަކަރު ވަޅިއެއް ލިޔެވެސް ހެދީމޭ
ކަރުތާފެނުން ހޯދި ރަންލޯބި ތޯތާ
އެކު ލޯބިން އުޅެފާ ވަކިވެވި ދިޔައީއޭ
ވަސްދުވާ ކަޅު މާވަހަރު ހޯދާ
ވަރުވާކަނަށް ލިޔެ މަސްދަތް ޖެހީމޭ
ގަސްދޮށުކަމެއްތޯ އަކަވެސް ޖެހީމޭ
އެދުރުންބުނޭ އަދި ހުއްޓާނުލާށޭ
ކަރުތާފެނުން ހޯދި ރަންލޯބި ތޯތާ
އެކު ލޯބިން އުޅެފާ ވަކިވެވި ދިޔައީއޭ
އައްސަވާށޭ މިތުރާ ބުނަންހޭ
ހެދިހާ އެފަންޑިތަ ދާތީވެ ބާކީ
ކުރެވޭ ހިތާމައިގަ ހިތްދަތި ރޮވޭތީ
އެދި ލީބި ފަހަތުން އާދޭސް ވެވޭނޭ
ކަރުތާފެނުން ހޯދި ރަންލޯބި ތޯތާ
އެކު ލޯބިން އުޅެފާ ވަކިވެވި ދިޔައީއޭ