ހިތުގައިވާ ލޯބި ކިޔައިދީ

ހިތުގަވާ ލޯބި ކިޔައިދީ
އަދު ވަކިވާތި ރޮވޭ
ލޯމަރާލާ އޮވެ
ރޯކަން އެނގުނީމާ ރޮވުނޭ

ރީތި އެކި އެކި ރޭ އެކީގާ ވީ
ހަނދާނޭ އާވީ
ޙާލު ބުނެދީފާ ލަދުން ހުރިރޭ
ހަނދާނޭ އާވީ
ދާނުގާ ނިދިފަ އޮތީމާ
ދެރަވޭ ހާދަ ރޮވޭ

ހީވެ މިދެއަތުގާ ހިފާލާފާ
ބުނާނޭ ލޯބިން
ފޯވެ ތެމިފާވީ ދެލޯ ފޮހެދޭން
ބުނާނޭ ލޯބިން
ހީވަނީ ދަތުރު ފަށާހެން
މި ޙަޔާތާ ވަކިވާން

ދީފަ ލޯބީގާ އުފާ ހޯދާ
މާދުރަށް ދާތީ
ހެޔޮ ދުޢާ ކޮއްފާ ހުރީމޭ ރޯން
ނުފެންނާނޭތީ
ބޭނުމީ މަރުވުމޭ ފަނާވެވި
އެކުގާ ދިއުމޭ

މި ސައިޓުގައި ބޭނުންކޮށްފައިވާ ލިރިކްސް، ފޮޓޯ އަދި ވީޑިއޯ ފަދަ ތަކެތީގެ މިލްކުވެރިކަން ވަނީ އޭގެ ޙައްޤުވެރި ފަރާތްތަކަށެވެ. އަދި މިސައިޓުގައިވާ އެއްވެސް ކޮންޓެންޓެއް ވިޔަފާރީގެ ގޮތުގައި ބޭނުން ނުކުރުން އެދެމެވެ.

info@dhivehilyrics.com

އިން

އެކު