© ދިވެހި ލިރިކްސް
އެންމެ މަގުބޫލު
1
ދޮން ކަނބުލޮ ނިދާލާށޭ
2
އިތުރު ރަސޫލާ
3
ފިލާނެތޯ ލޯތަކުން މިފޫދޭ
4
އިސްނެންގެވި މާތްވީ ސާހިބުން
5
އެ މުޙައްމަދުލް އަމީނޭ
އެންމެ ފަހުގެ
1
ރީތީގެ ރާނީ އުޖާލާ
2
ކުރަންވީއޭ ދުޢާ
3
އޭނަބިއްޔާއޭ ސޮލާތާ
4
ޤައުމަށްޓަކާ ދީނަށްޓަކާ
5
އުދަރެސް
މި ސައިޓުގައި ބޭނުންކޮށްފައިވާ ލިރިކްސް، ފޮޓޯ އަދި ވީޑިއޯ ފަދަ ތަކެތީގެ މިލްކުވެރިކަން ވަނީ އޭގެ ޙައްޤުވެރި ފަރާތްތަކަށެވެ. އަދި މިސައިޓުގައިވާ އެއްވެސް ކޮންޓެންޓެއް ވިޔަފާރީގެ ގޮތުގައި ބޭނުން ނުކުރުން އެދެމެވެ.
ޔާ ޒަލްޖަލާލީ
ރާގު: އަމިއްލަ
ޅެން: ޅެންވެރިޔާ ނޭނގޭ
ޔާ ޒަލްޖަލާލީ
ޔާ ޒަލްޖަލާލީ މަރާ މަރުގެ ދަޢުވަތު
ނޭނގޭ ކަމުން ބިރު ހިތަށް ވައްދަވާންދޭ
ދާޢިމް ނުވާނޭ މި ފާލަން މަތީގާ
ފާފައިން މުސާފިރު ދުރަށް ޖައްސަވާން ދޭ
ޔާ ޒަލްޖަލާލީ
ވަރަށް ވަގުތު ނުލިބޭމެ މަރު ހަނދުމަކޮށްލަން
ހަރަމް ބަނދެ ސަޖިދަކޮށް ދެ އަތްތިލަ މި އުފުލަން
ވަރަށް ބޭނުމޭ ދުނިޔެ ތާއަބަދު ހުރެލަން
ޣާފިލް ނިދީގާ މިހެން ނޭނގި ތިއްބާ
ދާތީވެ އާޚިރު މި ނިދި ފިއްލަވާންދޭ
ޔާ ޒަލްޖަލާލީ
ޒުވާން ހިތުގެ އުއްމީދު ތާޒާ ވަމުންދޭ
ޖުވާ ފަދަ މަޖާތައް މި ބޭނުން ވަމުންދޭ
ހަވާ ނަފްސު ތަރުހީބު މިކަމަށް ދެމުންދޭ
ފާސިދު މިހުރިހާ އެދުންތައް ފިރާލާ
ދާންވީ ސަރާސަރު މަގެއް ދައްކަވާންދޭ
ޔާ ޒަލްޖަލާލީ
ބޮޑެއް ދޮށި ހަގެއް ނެތް މި ދަޢުވަތު ލިބޭކަށް
މަޑެއް ނުޖެހެވޭ އިތުރު މުހުލަތު އެދޭކަށް
އަޑެއް ނުކުޅެދޭ ޢުޒުރުދައްކާ ހަދާކަށް
ވީމާ ދުރާލާ ގިނައިން ހެޔޮ ޢަމަލްތައް
ކޮށްލާށެ ޠާހިރު ހިތެއް ދެއްވަވާންދޭ
ޔާ ޒަލްޖަލާލީ
ލޮލުން ކަރުނަ އޮހެނީ މި ތަޢުބާ އަދައިގެން
ލޮލަށް ފެންނަ ދުނިޔޭގެ ޢިބުރަތްތަކައިގެން
އިލާހިއްޔަ ރަޙުމަތުގެ ތަނަވަސް ކަމައިގެން
މާޔޫސްވެ ދިއުމެއް ތިބާ ހަޒްރަތަކު ނެތް
ތަޢުބާވެ ރޯއިރު ޢަފޫ ދެއްވަވާންދޭ
ޔާ ޒަލްޖަލާލީ